މައުލޫމާތު: ވެލިފާނަ

ވެލިފާނައަކީ އެހެން ފާނައާއި ޚިލާފަށް އާންމުކޮށް ކަނޑުގެ 100-30 މީޓަރު ފުނުގައި އުޅޭ މަހެކެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 9 ހަރުކައްޓާއެކު 14-16 މަޑުކަށި ހުރެއެވެ. ބަނޑުދަށްފަރާތުގެ ކޮތަރިބައިގައި 3 ހަރުކައްޓާއެކު 9 މަޑުކަށި ހުރެއެވެ. އަދި ކަރުތާފަތް ކައިރީގައި 18-20 މަޑުކަށި ހުރެއެވެ. މި ވައްތަރުގެ އަންހެން ފާނަ 28 ސެންޓިމީޓަރަށް ބޮޑުވާއިރި ފިރިހެން ފާނަ 34-57 ސެންޓިމީޓަރަށް ބޮޑުވާކަމަށްވެއެވެ. މި މަހުގެ ކުލައަކީ ރަތްކުލައެވެ. ފަނޑުކޮށް ހުދުކުލައިގެ ތިކިތަކެއް ހުންނަ މި މަހުގެ ބޮލުންފެށިގެން […]