މައިންބަފައިންނަށް ހެޔޮކޮށް ހިތާށެވެ! މުސްކުޅި އުމުރުގައި އެކަނި އުޅެން ދޫކޮށްނުލާ- ހުކުރު ޚުޠުބާ

ތާރީޚީ ގޮތުން ބަލާއިރު އިންސާނިއްޔަތު ދުށް ފުރަތަމަ ޖަމާޢަތަކީ އާއިލާއެވެ. އެ އާއިލާގެ އުނގަކީ ތުއްތު ކުއްޖާއަށް އެންމެ ފުރަތަމަ އަމާންކަމާއި ހިމާޔަތާއި ލޯބި ދިން އުނގެވެ. އިންސާނާގެ ޝަހުސިއްޔަތު ބިނާކޮށްދީ ތަހުޛީބު މުވާޠިނަކަށް ހަދައިދޭ މަދަރުސާއެވެ. އާއިލާއަކީ ކުއްޖާ ބޮޑުވެ، ދިރިއުޅުމުގެ ހަމަތަކާއި، އުސޫލުތަކާއި، ސަޤާފަތްތަކާއި، އާދަކާދަތައް ލިބިގަންނަ މަރުކަޒެވެ. ހަރުދަނާ މުޖުތަމަޢެއްގެ އަސާސަކީ އާއިލާތަކެވެ. އެހެންކަމުން އާއިލާއަކީ މުޖުތަމަޢުގެ ބިންގަލެވެ. މިބިންގާ ވަރުގަދަ ކުރެވިގެން ނޫނީ މުޖުތަމަޢު ބާރުވެރިއެއް ނުކުރެވޭނެއެވެ. މިއަދު އިސްލާމީ އުންމަތް […]