އިންޑިއާ އާއިއެކު އޮތް ޒަމާންވީ ގުޅުން ދެމެހެއްޓުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ދެއްވައިފި

އިންޑިއާއާއި ދިވެހިރާއްޖެއާއި ދެމެދު އޮތް ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުން ވަރުގަދަކޮށް ދެމެހެއްޓުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ދެއްވާފައެވެ. އިންޑިއާއަކީ ރާއްޖެއަށް އެންމެ ބޮޑަށް ބޭނުންޖެހޭ ދަނޑިވަޅުތަކުގައި އަގުނުކުރެވޭނެހާ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އަދި ރާއްޖޭގެ އެންމެ ގާތް އެކުވެރި އެއް ޤައުމުކަމުގައިވެސް ރައީސް ފާހަގަކުރެއްވިއެވެ. ރައީސް މިގޮތަށް ވިދާޅުވީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ހިންގި 28 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމުގެ […]
ވާހަކަ: މެންދަން (ފަނަރަވަނަބައި)

ޝަރީފާގެ އެ އެހީތެރިކަމަށް ފާއިޒު ވަރަށް ބޮޑަށް ޝުކުރުވެރިވިއެވެ. އޭނާގެ މަންމައަށް ޝަރީފާ ދެއްކި އޯގާތެރިކަމާއި ހިތްހެޔޮކަން ފާއިޒުގެ ހިތުގައި ފުން އަސަރެއް ކުރިއެވެ. ނަމަވެސް ލޯބީގެ ނަޒަރުން ޝަރީފާއަށް ބަލައިލާކަށް ފާއިޒަށް ނުކެރުނެވެ. އޭނާގެ ހިތުގައި އުފެދުނު އިހްސާސްތަކަށް ނަން ކިޔާކަށް ނޭނގުނެވެ. ފާއިޒުގެ މަންމަ ގޭތެރެއަށް ވައްދާފައި ފާއިޒު ބޭރަށް ނިކުތީ މަންމައަށް ފެންތައްޓެއް ބަލައެވެ. ނަމަވެސް ފާއިޒުގެ ބަދަލުގައި ފެންތަށި ބަލާ ދިޔައީ ޝަރީފާއެވެ. އެ ވަގުތު ޝަރީފާގެ މޫނަށް ބޭއިޚްތިޔާރުގައި ފާއިޒުއަށް […]
ފޮޓޯ: ވިޒިޓް މޯލްޑިވްސް ޕްރޯ 2024 ނިންމުމުގެ ރަސްމިއްޔާތު

ރާއްޖޭގައި ކުރިއަށްގެންދިޔަ ބައިނަލްއަގްވާމީ ރާޅާއެޅުމުގެ ކުޅިވަރު ހަރަކާތް، އިންޓަނޭޝަނަލް ބޮޑީބޯޑިންގ ކޮމިއުނިޓީ (އައި.ބީ.ސީ) ވޯލްޑް ޓުއާގައި ހިމެނޭ " ވިޒިޓް މޯލްޑިވްސް ޕްރޯ 2024" ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަޠީފު އެވެ. މިރަސްމިއްޔާތުގައި މެންސް އޯޕަން ކެޓަގަރީގެ އިނާމުތައް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ. އަދި ވިމެންސް އޯޕަން ކެޓަގަރީގެ އިނާމުތައް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުން އާއިޝަތު އަފްރީން މުހައްމަދު އެވެ. އޯގަސްޓް މަހުގެ 2 އިން 9 […]