މޫސުން ވަރަށް ގޯސް، ސަމާލުވެލައްވާ!

މޫސުން ގޯސްވުމުން މޫސުމަށް ސަމާލުކަން ދިނިމަށް މުއައްސަސާތަކުން ވަނީ އިލްތިމާސްކޮށްފައެވެ. މިއަދުން ފެށިގެން ކުރިއަށް އޮތް 5 ދުވަހުވެސް މޫސުން ވަރަށް ގޯސްވާނެ ކަމަށް ލަފާކުރެވޭތީ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ވަނީ އާންމުންގެ ސަމާލުކަމަށް މޫސުމާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށްފައެވެ. “ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވާނެ ކަމަށް ބެލެވޭތީ، ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ވިއްސާރަކޮށް، ވިލާގަނޑުގައި ގަޑިއަކު 40 މޭލާއި 45 މޭލާއި ދެމެދުގެ ބާރުމިނަށް ވައިގަދަވެ ކަނޑުގަދަވާނެ […]