އޯލެވެލްގެ ނަތީޖާއަކީ ފެށުމެއް، އެއީ ނިމުމެއް ނޫން!

ދަރިވަރުންގެ ތެރޭގައި ކިޔެވުމަށް މޮޅު ދަރިވަރުންނާއި އިތުރު ހަރަކާތްތަކަށް އަދި ކުޅިވަރަށް މޮޅު ދަރިވަރުން އުޅެއެވެ. ހުރިހާ ދަރިވަރުންނަކީ ކިޔެވުމުން އެންމެ ރަނގަޅު ނަތީޖާ ލިބޭނެ ދަރިވަރުން ނޫނެވެ. އެކަން ގިނަ މައިންބަފައިން ގަބޫލު ކުރެއެވެ. އެހެންނަމަވެސް ހިތާމައަކީ ދަރިވަރުން 10 އަހަރު ވަންދެން ކުރި ބުރަމަސައްކަތަށްފަހު އޯލެވެލްގެ ނަތީޖާ ލިބޭއިރު މުޖުތަމައުގައި އުޅޭ މަދުބައެއްގެ ފަރާތުން އެކުރިމަތިވާ ފާޑުކިއުމެވެ. އޯލެވެލްގެ ނަތީޖާ ލިބޭ ދުވަހު އެލިބުނު ނަތީޖާއެއް ބެލުމަށް ޝައުގު ހުންނަ ގިނަ މީހުން އުޅެއެވެ. […]