ދުނިޔޭގެ ސިއްހަތު ޖަމްއިއްުޔާއިން ކަންބޮޑުވުން ފާޅުކޮށްފައިވާ އެމްޕޮކްސް އާއި މެދު ސަމާލުވަމާ!

އެފްރިކާ ސަރަހައްދުގައި ފެތުރެމުން އަންނަ ނުރައްކާތެރި ބައްޔެއް ކަމަށްވާ އެމްޕޮކްސް (ކުރީގެ ނަމުންނަމަ މަންކީ ޕޮކްސް) މިއީ ބައިނަލްއަގްވާމީ ކަންބޮޑުވުމެއް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިއުއެޗްއޯ އިން ކަނޑައެޅުމަށް ކަމާބެހޭ ފަރާތްތަކުގެ ލަފާ ހޯދުމަށް ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރިއޭސަސް ވަނީ މިދިޔަ ބުރާސްފަތި ދުވަހު ބައްދަލުވުމެއް ބާއްވާފައެވެ. އަދި އެބައްދަލުވުމަށްފަހު ވަނީ މި ބަލި ފެތުރުމަކީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ކަމަށް ކަނޑައަޅާ ބައިނަލްއަގްވާމީ ސަމާލުކަމަށް މިކަން ގެންނަވާފައެވެ. އެމްޕޮކްސް ފެތުރެމުންދާތީި […]
ގާރލްގައިޑް ހަރަކާތުގައި ބައިވެރިވެ ގިނަ އަންހެން ދަރިވަރުން ބިނާވުމަކީ ޤައުމަށް ބޭނުންތެރިކަމެއް- މެޑަމް ސާޖިދާ

ގާާރލްގައިޑް ހަރަކާތުގައި ބައިވެރިވެ ގިނަ އަންހެން ދަރިވަރުންތަކެއް ބިނާވެގެންދިއުމަކީ ޤައުމަށް ވަރަށް ބޭނުންތެރިކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް މެޑަމް ސާޖިދާ މުޙައްމަދު ވަނީ ވިދާޅުވެފައެވެ. އެކަމަނާ މިގޮތަށް ވިދާޅުވީ ސްރީލަންކާގެ ކުރުނެގަލާގައި ބާއްވާ ސިލޯނާ 2024 އިންޓަރނޭޝަނަލް ކޭމްޕްގައި މޯލްޑިވްސް ގާރލް ގައިޑްސް އެސޯސިއޭޝަނުން ބައިވެރިވާ ގައިޑު ދަރިވަރުންނާއި އެދަރިވަރުންގެ ބެލެނިވެރިން އަދި ލީޑަރުންނާއި ބައްދަލުކުރެއްވުމަށް ސަލާޙުއްދީން ސްކޫލުގައި ރޭގެ ވަގުތެއްގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މެޑަމް ސާޖިދާގެ ވާހަކަފުޅުގައި ގާރލްގައިޑް […]