ވާހަކަ: މެންދަން (ސޯޅަވަނަބައި)

ދުވަސްތަކަކަށް ބަލިވެ އުޅުމަށްފަހު، ފާއިޒުގެ މަންމަ ނިޔާވިތާ މިހާރު ހަފްތާއެއް ވީއެވެ. ފާއިޒަށް މިހާރު އެންމެ ބޮޑަށް އިހުސާސްވަނީ އެކަނިވެރިކަމެވެ. އެ ބޮޑު ގެ މިހާރު ހުސްވެ، ހަމައެކަނި އޭނާ އެކަނި އެތާ އުޅެން ޖެހުނީއެވެ. ފާއިޒުގެ މަންމަ ނިޔާވުމާއެކު، އެގޭގައި ކައްކަން ގެންގުޅުނު މީހާވެސް ފޮނުވާލީއެވެ. ފާއިޒު މިހާރު ބޭނުންވަނީ އެކަނި އުޅޭށެވެ. އަމިއްލައަށް ކައްކައިގެން ކައިގެން އުޅެން މާފަސޭހަވާނެކަމަށް ފާއިޒަށް ވިސްނުނެވެ. އެހެން މީހަކަށް އުނދަގުލެއް ކުރާކަށް ބޭނުން ނުވާތީއެވެ. ފާއިޒުގެ އެކަނިވެރި ދިރިއުޅުމުގެ […]