ރާއްޖޭގައި ބޭނުންކުރެވޭ ޑޮލަރު ރިޒާވް އޮގަސްޓްމަހުގެ ނިޔަލަށް އިތުރުވެގެންދާނެކަމުގެ އުންމީދެއް!

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ ރާއްޖޭގެ ޑޮލަރު ރިޒާވް އެއްކޮށް ހުސްވެއްޖެކަމަށް ބުނެ ފަތުރާ ވާހަކަތައް ދޮގުކޮށްފައެވެ. " ރިޒާވްގެ މައުލޫމާތު މިހާރެކޭ އެއްގޮތަށް މިއޮތޯރިޓީއިން ދާނީ މަހުންމަހަށް ބަރާބަރަށް ޝާއިޢުކުރަމުން. ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް ޖުލައި ނިމުނުއިރު ހުރި މިންވަރަށްވުރެ އޮގަސްޓްމަހުގެ ނިޔަލަށް އިތުރުވެގެންދާނެކަމަށް ލަފާކުރެވޭ. އެހެންކަމުން މިފަދަ ކަންތައްތަކާއި ގުޅޭ ޚަބަރުތައް ހަގީގަތާއި ޚިލާފަށް ގެނެސްދިނުމަކީ މިއޮތޯރިޓީއިން ނުހަނު ކަންބޮޑުވާކަމެއް". އެމްއެމްއޭގެ ބަޔާނުގައި ވެއެވެ. ބޭނުންކުރެވޭ ޑޮލަރު ރިޒާވް ހުސްވެއްޖެކަމަށް […]
ހަށިގަނޑުގެ ބައެއް ހަރަކާތްތަކުން މީހާ ދެނެގަންނާނީ ކިހިނެއް؟

ކޮންމެ މީހަކީ ބުނަން ބޭނުންވާ އެއްޗެއް ކުރިމަތީގައި ޖެހިލުންކުޑަކަމާއެކު ބުނަަން ކެރޭ މީހަކަށް ނުވެދާނެއެވެ. ނަމަވެސް އެމީހެއްގެ ހަރަކާތްތަކުން އެބުނަން ބޭނުންވާ އެއްޗެއް ބުނާ މީހުންވެސް އުޅެއެވެ. އެހެންކަމުން ހަރަކާތްތަކުން ނުވަތަ މީހަކަށް ނޭނގި ނަމަވެސް ކުރެވޭ ބައެއް ކުދިކުދި ކަންތަކުން އެމީހާއަކީ ކޮންކަހަލަ މީހެއްކަން ދެނެގަނެވިދާނެއެވެ. އެގޮތުން 'ބެޓަރހެލްތު' ވެބްސައިޓުގައި ބުނެފައިވާގޮތުން މީހާގެ ވާހަކަދެއްކުމުގެ 55 އިންސައްތަ އަކީ ހަރަކާތްތަކުން ބުނެދޭ ބުނެދިނުމެވެ. އިންސާނުންގެ 'ބޮޑީލޭންގުއޭޖް'، ސޯޝަލް ސައިކޮލޮޖިސްޓުން ދިރާސާކުރަމުން އަންނަތާ އެތަކެއް އަހަރުތަކެއް ވެއްޖެއެވެ. […]