މަލާއިކަތުން ހެއްދެވީ ނޫރުން، ޖިންނީން ހެއްދެވީ ދުންނާރާ އަލިފާނުން – ހުކުރު ޚުޠުބާ

މަލާއިކަތުންނަށް އީމާންވުމަކީ އީމާންކަމުގެ ރުކުނެކެވެ. އެއީ ﷲ ތަޢާލާ މާތްކުރައްވައިފައިވާ މަޚްލޫޤުންތަކެކެވެ. މުސްލިމުން މަލާއިކަތުންނަށް އީމާންވާން ޖެހޭނީ ކީރިތި ޤުރުއާނާއި މާތް ނަބިއްޔާ ﷺ ގެ ސުންނަތުން ސާބިތުވާ ގޮތަށެވެ. މަލާއިކަތުންނަކީ ފިރިހެން ނުވަތަ އަންހެން ޖިންސަށް ނިސްބަތްވާ ބަޔެއް ނޫނެވެ. މަލާއިކަތުންނަށް ކެއިންބުއިމާއި، ނިދުމާއި އަރާމުކުރުން ފަދަ ކަންކަމަށް ބޭނުމެއް ނުވާނެއެވެ. އެބައިމީހުން ﷲ އަށް ނުއުރެދޭނެތެވެ. މަލާއިކަތުންނަކީ ވަކި ޖިންސެއްގެ މަޚުލޫޤުން ކަމުގައި ނުވިޔަސް ﷲ ގެ އިޒުނަފުޅަށް އިންސާނުންގެ ސިފައިގައި މަލާއިކަތުން ފެނުމަކީ […]