ވާހަކަ: މެންދަން (ސަތާރަވަނަބައި)

"މަންމާ، ރޭގަ ރަނގަޅަށް ނިދުނުތަ" މަންމަގެ މޫނުން ވަރުބަލިކަމާއި ހިތްދަތިކަމުގެ ނިޝާންތައް ފެނުމުން އެންމެފަހުން ޝީމާ ސުވާލުކޮށްލިއެވެ. މަންމަ ޝަރީފާ އެއްވެސް ޖަވާބެއް ނުދިނެވެ. ހަމައެކަނި ބުނި އެއްޗަކީ ރޭގައި މަންމައަށް ނުނިދުނީ ކަމަށެވެ. ޝީމާ އޭނަގެ މަންމަގެ ވާހަކަ އަޑުއަހަން އިނީ ވަރަށް މަޑުމަޑުންނެވެ. މި ވެގެން އުޅޭގޮތް ޝީމާއަށް ކޮންމެވެސް ވަރަކަށް ހީވިއެވެ. އޭނާގެ ހިތުގައި ވަރަށް ގިނަ ސުވާލުތައް އުފެދުނެވެ. ނަމަވެސް މަންމަގެ ހާލަތު ދެކެ އެ ސުވާލުތައް ކުރާކަށް ނުކެރުނެވެ. "މިއަދު […]