މައުލޫމާތު: ލައްކަޅުއޮށް

ލައްކަޅުއޮށަކީ ރާއްޖޭގެ ރަށްރަށުގެ ފަޅުތަކުގައި އާންމުކޮށް އުޅޭ މަހެކެވެ. މި މަހަކީ 15-20 މީޓަރާ ދެމެދު އަދި އެއަށްވުރެން ތިލަ ހިސާބުތަކުގައި އުޅޭ 35 ސެންޓިމީޓަރަށް ބޮޑުވާ މަހެކެވެ. މި މަސް އާންމުކޮށް އުޅެނީ ދޮންފަސް ހުންނަ ފަޅުތަކާއި ވިލުތަކުގައެވެ. މަޑުމުށި ކުލައަކަށް ހުންނަ މި މަހުގެ މެދުން މަތީ ކޮތަރިބައި ނިމޭހިސާބުގައި އަރިމަތީގައި ކަޅުކުލައިގެ ވަށްކޮށްހުންނަ ލަތެއް ހުރެއެވެ. ބުރަކަށިމަތީ ދެކޮތަރިބައި ހުންނައިރު ފުރަތަމަ ބައިގައި 8 ހަރުކަށި އަދި ދެވަނަ ބައިގައި 1 ހަރުކައްޓާއެކު […]