ފޮޓޯ: މަޖީދިއްޔާ ސްކޫލުގެ 'ސައްތަވީ ބިނާ' ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވުން

މަޖީދިއްޔާ ސްކޫލުގެ "ސައްތަވީ ބިނާ" އިފުތިތާހުކޮށްދެއްވުމުގެ ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ މަޖީދިއްޔާ ސްކޫލުގެ ދާރުލް އުލޫމް ހޯލުގައި ކުރިއަށްދާ ފޮޓޯ މައުރަޒު ބައްލަވާލައްވާފައެވެ. މަޖީދިއްޔާ ސްކޫލަކީ ދިވެހިރާއްޖޭގައި ހުރި އެންމެ ދުވަސްވީ ތައުލީމީ ބިނާއެވެ. މަޖީދީ "ސައްތަވީ ބިނާ" ރަމްޒުކޮށްދެނީ މަޖީދިއްޔާ ސްކޫލްގެ ޢިލްމީ ހިޔާވައްސެވެ. މި ސައްތަވީ ބިނާ އުފަންކުރުމުގެ އެންމެހާ މަސައްކަތެއް ކުރި ބަޔަކީ މަޖީދިއްޔާ ސްކޫލުގެ ކުރީގެ ދަރިވަރުންނެވެ. ފޮޓޯ: ރައީސް އޮފީސް
ހުޅުމާލެއަށް ދަނބު މޫސުން: ބިންނާނެ މީހަކު ނެތި މަގުމައްޗަށް ދަނީ ދަނބުތައް ފައިބަމުން!

ކޮންމެ އަހަރެއްގެ އޮގަސްޓްމަސް ފާހަގަކުރެވެނީ ހުޅުމާލެއަށް ދަނބު މޫސުން އަންނަ ދުވަސްވަރުގެ ގޮތުގައެވެ. މިގޮތުން މިއަހަރުވެސް އޮގަސްޓްމަހު ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ މަގުތަކުގައި ހުރި ދަނބުގަސްތައް ފުރެންދެން އެހެރީ ދަނބު އަޅައިފައެވެ. ގަސްކައިރިން ދާއިރުވެސް ދުވަނީ ދަނބުގެ މީރު ވަހެވެ. ކާހިތްވާނެއެވެ. އެކަމަކު ބައެއް ގަސްތައް ހެދިފަހުރި އުސްކަމުން އެގަސްތަކުން ދަނބު ބިނުމަކީ އެހާ ފަސޭހަކަމެއް ނޫނެވެ. އަރައިގެން އައި އިރާއެކު ހިތްގައިމު ހުޅުމާލޭގެ މަގުތަކުން ހިތްހަމަޖެހުން ހޯދުމަށް ސައިކަލު ބުރެއް ޖަހާލިއިރު ފެނުނީ ތަފާތު މަންޒަރެކެވެ. […]