އަންހެނެއްގެ ކަރުގައި ވަޅިޖައްސައި ރަހީނުކުރުން، އެކަނި މަގުމައްޗަށް ނުކުތުން ބިރުވެރި!

މިރޭ ސޯޝަލް މީޑިއާގައި އެ އާންމުވީ ކޮންފަދަ ބިރުވެރި މަންޒަރުތަކެއްތޯ އެވެ. ވެރިރަށް މާލޭގައި އަންހެނެއްގެ ކަރުގައި ވަޅިޖައްސައި ރަހީނުކޮށް އަނިޔާއެކުރީ އެންމެންގެ ކުރިމަތީގައެވެ. ގިނަ އަދަދެއްގެ ފުލުހުންވެސް އެސަރަހައްދުގައި އެވަގުތު ހަރަކާތްތެރިވިއިރު އެންމެފަހުން ވަނީ ވަޅިން ބިރުދެއްކި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ނޫސްވެރިންނަށް މައުލޫމާތު ދެމުން މިރޭ 9:30 ހާއިރު ހާމަކޮށްފައިވާ ގޮތުގައި މާފަންނު ގެއެއްގައި އަންހެނަކު ބަންދުކޮށްފައި ހުރިކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ދިޔައީ އެ ގެ […]
ސްޓެލްކޯއިން ސްމާޓް މީޓަރު ހިލޭ ހަރުކޮށްދެނީ!

ސްމާޓް ގްރިޑްގެ މަސައްކަތާއި ގުޅޭގޮތުން ސްޓެލްކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ ނެޓްވޯކް ސްމާޓް ގްރިޑްއަށް ބަދަލުކޮށް ނިމިފައިވާ ކަމަށެވެ. މިގޮތުން ސްޓެލްކޯގެ އިންޖީނުތައް އޮޕަރޭޓް ކުރަމުންދަނީ އެސްކާޑާ ސިސްޓަމެއް މެދުވެރިކޮށް ކޮމްޕިއުޓަރުން ކަމަށެވެ. ޑިސްޓްރިބިއުޝަން ސިސްޓަމް ސްމާޓް ގްރިޑަށް ބަދަލުކުރުމުން ލިބޭ ފައިދާއަކީ ހުރިހާ ޓްރާންސްފޯމަރުތައް އޮފީހުގައި ތިބެ ކޮންޓްރޯލްކޮށް ލޯޑް ކަލްކިއުލޭޓް ކުރެވުމެވެ. ސްޓެލްކޯއިން ދެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ސްމާޓް މީޓަރު ހަރުކުރުމުގެ […]
މުޖުތަމަޢުގައި ހުރި ކަންބޮޑުވާ މައްސަލަތަކަށް ހައްލު ލިބެން އޮތީ ޤައުމިއްޔަތު އިޢާދަކުރެވިގެން- މެޑަމް ސާޖިދާ

ދިވެހިންގެ ސަގާފަތަކީ އަދުގެ ދިރިއުޅުމުގެ ބައެއްގެ ގޮތުގައި ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވަނީ އެދިވަޑައިގެންފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިކަމަށް އެދިވަޑައިގެންނެވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކ. މާފުށީ ޖަލުގެ ގޯތިތެރޭގައި ހަދާފައިވާ "ދިވެހި ސަގާފީ ގޯތި" ރަސްމީގޮތުން ހުޅުއްވައިދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި މިއަދުގެ ދިވެހިންގެ ދިރިއުޅުމުގެ ބަޔަކަށް ދިވެހިންގެ ރީތި ސަގާފަތް ހެދުމުން ކުރާނެ ފައިދާތަކުގެ މައްޗަށް ވަނީ އަލިއަޅުވައިލައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހި […]