ލީޑަރޝިޕް މަގާމުތަކުގައި އަންހެނުން ތިބުމުން ހެޔޮބަދަލުތަކާ ތަފާތު ވިސްނުން ގެނެސްދެވޭނެ- މެޑަމް ސާޖިދާ
ލީޑަރޝިޕް މަގާމުތަކުގައި އަންހެނުން ތިބުމުން ހެޔޮބަދަލުތަކާ އަދި ތަފާތު ވިސްނުންތައް ގެނެސްދެވޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ ވިދާޅުވެފައެވެ. މެޑަމް ސާޖިދާ ވިދާޅުވީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ، ހިންގުމުގެ ދާއިރާގައި ހަރަކާތްތެރިވާ ޒުވާން އަންހެނުންނަށް އަމާޒުކޮށް ޗަންޕާ ސެންޓްރަލް ހޮޓެލްގައި މިއަދު ބޭއްވި މަސައްކަތު ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ލީޑަރޝިޕް މަގާމުތަކުގައި އަންހެނުން ތިބުމުން އަންނާނެ ހެޔޮބަދަލުތަކާގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ގާރލް ގައިޑް ހަރަކާތަކީ ހަމައެކަނި މުސްތަޤުބަލުގެ […]
އަރަބިއްޔާ ރޯވާ ކުރޫއަށް މީޑިއާ ވޯކްޝޮޕެއް ކުރިއަށްގެންދިއުން
އަލް މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ (ޢަރަބިއްޔާ ސްކޫލް)ގެ ރޯވާ ކްރޫއަށް މީޑިއާ ވޯކްޝޮޕެއް ވަނީ ހިންގައިފައެވެ. ހަތަރު ގަޑިއިރަށް ކުރިއަށްގެންދިޔަ މިވޯކްޝޮޕަކީ، ޢަރަބިއްޔާ ސްކައުޓް ގުރޫޕް (އޭއެސްޖީ)ގެ ހަރަކާތްތައް އިޖުތިމާޢީ މީޑިއާގެ ވަޞީލަތްތަކާއި ނޫސް މީޑީއާތައް މެދުވެރިކޮށް ފޯރުކޮށްދިނުން އިތުރުކުރެވިދާނެ ގޮތްތަކާއި، ސްކައުޓް ހަރަކާތާމެދު އާންމުންގެ ޝައުގުވެރިކަން އިތުރުކުރުމަށް މީޑިއާގެ ބޭނުންކުރެވިދާނެ ދާއިރާތަކާ މެދު ހޭލުންތެރިކުރުމަށް ކުރިއަށްގެންދިޔަ ވޯކްޝޮޕެކެވެ. އަދި ހަރަކާތްތައް ކަވަރުކޮށް، ޚަބަރާއި މައޫލޫމާތު ހިއްސާކުރުމަށް ހަރުދަނާ އުސޫލަކަށް އަމަލުކުރުމަށްޓަކައި ކޮންމެހެން އެނގެންޖެހޭ މައުލޫމާތު ފޯރުކޮށްދިނުމާއި، […]
ކުލީގެ އަޅަކަށްވެ ޖީލެއްގެ އުފާވެރިކަން ނެތިދަނީ!
ފަސްލައްކައަށްވުރެ ގިނަ މީހުން ދިރިއުޅޭ ދިވެހިރާއްޖޭގައި އެންމެ ގިނަ އަދަދެއްގެ މީހުން ދިރިއުޅެނީ މާލެސިޓީގައެވެ. މާލެ، ހުޅުމާލެ ހިމެނޭ ގޮތަށް މިސަރަހައްދުގައި ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އަމިއްލަ ބޯހިޔާވަހިކަން ނެތުމެވެ. ބޮޑުކުލީގައި އެތައްހާސް ބަޔަކު މާލެސިޓީގައި ޒަމާނުއްސުރެ ދިރިއުޅެމުން އަންނައިރު ކުލީގެ ސަބަބުން ޖީލެއްގެ އުފާވެރިކަން ނެތިދަނީއެވެ. މިކަމަށް އެދެވޭ ހައްލެއް މިހާތަނަށް އެއްވެސް ސަރުކާރަކަށް ހޯދިފައެއް ނުވެއެވެ. އަމިއްލަ ބޯހިޔާވަހިކަމެއް ނެތް އާބާދީގެ ނިސްބަތުން ބަލާއިރު މިހާތަނަށް ސަރުކާރުން އަޅާފައިވާ ފުލެޓުތަކަކީ އެކަށީގެންވާ މިންވަރެއް […]