ކުޑަކުދިންގެ ދަތަށް ޚާއްސަ ސަމާލުކަމެއް ނުދީފިނަމަ ދަތް ފަނިކެއުމުގެ ފުރުސަތު ބޮޑު!

ދަރިފުޅުގެ ދަތް ނުކުންނަން ފެށުމާއެކު ޚާއްސަ ސަމާލުކަމެއް ދޭން ޖެހެއެވެ. ކުޑަކުދިންގެ ދަތް އާންމުކޮށް ފަޅަން ފަށަނީ ކުއްޖާގެ އުމުރުން 6 މަހުން ފެށިގެންނެވެ. ކިރުބުއިދަތް މުހިންމުވާ ސަބަބު: ބައެއް މީހުންނަށް ހީވެފައިވާ ގޮތުގައި ކިރުބުއި ދަތްތަކަކީ ދާއިމީ ދަތްތަކަކަށް ނުވުމުން އެއީ އެހާ މުހިންމު ދަތެއް ނޫނެވެ. އެކަމަކު ދަތުގެ ޚާއްސަ ޑޮކްޓަރު އަހުމަދު ސަލީމް މައުލޫމާތު ދެއްވިގޮތުގައި ކިރުބުއިދަތްތަކަކީ ވަރަށް މުހިންމު ދަތްތަކެވެ. މި ދަތްތައް ފަނިކެއުމުން ދާއިމީ ދަތް ފެޅުމުގައި މައްސަލަ ދިމާވެއެވެ. […]