ޑޮކްޓަރީ ބޭސް ރާއްޖޭގައި ވިއްކާ އަގު ބޮޑުވުމުން އަގު ކުޑަކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އަޅަނީ!

ޑޮކްޓަރީ ބޭސް އެކި އަގުތަކުގައި ބޭސްފިހާރަތަކުން ވިއްކާތީ އެއީ އާންމުންގެ ކަންބޮޑުވުމެކެވެ. މިގޮތުން ބޭސްފިހާރަތަކުގައި ތިބޭ ބިދޭސީން ހިތަށްއެރި އަގެއްގައި ބޭސް ވިއްކާކަން ވަނީ ފާހަގަވެފައެވެ. އެއްދުވަހު ގަންނަ ބޭސް ޖެހިގެން އަންނަ ދުވަހު ގަންނައިރު އަގަށް ބޮޑު ބަދަލެއް ގެނެސްފައި ހުރެއެވެ. ޑޮކްޓަރީ ބޭސް ރާއްޖެ އެތެރެކޮށް ބާޒާރުގައި ވިއްކަމުންދާ އަގު ބޮޑުވުމުން އެކަން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާގުޅުންހުރި މުއައްސަސާތަކަށް އަންގަވާފައި ވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިރޭ ވަނީ ވިދާޅުވެފައެވެ. […]