ފޮޓޯ: ކާވާ ވިމެންސް ވޮލީ ބޯލް ޗެލެންޖް 2024: ފަޚުރުވެރި ދިވެހި ޤައުމީ ޓީމް!

ސޯޝަލް ސެންޓަރުގައި ރޭ ކުޅުނު މި މުބާރާތުގެ ފައިނަލް މެޗުގައި ވާދަކުރީ ރާއްޖޭގެ ޤައުމީ އަންހެން ވޮލީބޯޅަ ޓީމާއި ކިރިގިސްތާންގެ ޓީމެވެ. މި މެޗް ދެ ސެޓު ތިންސެޓުން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކިރިގިސްތާންގެ ޓީމެވެ. މިމުބާރާތުގައި ދިވެހި ޓީމް ވަނީ މޮޅަށް ކުޅެ ހުނަރު ދައްކާފައެވެ. ކުޑަ ތަފާތަކުން ކާމިޔާބުނުވިއަސް ދިވެހި ޓީމުން އެދެއްކި ހިތްވަރަށް އައްސަރިބަހާއި ސާބަހެވެ.