ބަލިމަޑުކަމާއި ހިތާމައާއި ކުރިމަތިވާއިރު އައްޔޫބުގެފާނަށް ކުރިމަތިވި އިމްތިހާނުން ޢިބްރަތް ހާސިލުކުރަމާ!

ދުނިޔޭގެ ހަޔާތުގައި އިންސާނާ ދުޅަހެޔޮކަމާއި ބަލިމަޑުކަމާއި، އުފަލާއި ހިތާމައާއި، މުއްސަނދިކަމާއި ފަޤީރުކަމާއި ކުރިމަތިލާންޖެހުމަކީ ﷲ ތަޢާލާގެ ސުންނަތެވެ. އެކަލާނގެ އިރާދަފުޅެވެ. ﷲ ތަޢާލާއަށް ފުރިހަމައަށް އީމާންވެގެންވާ ތެދުވެރި މުސްލިމް އަޅާ މިކަންކަމާ ކުރިމަތިލަނީ ކެތްތެރިކަމާއި ހިތްހަމަޖެހުމާއި ދުޢާކުރުމާ އެކުގައެވެ. އެހެނީ އެކަންކަން އެގޮތުގައި ހިނގަމުންދަނީ ﷲ ތަޢާލާގެ މަތިވެރިވެގެންވާ ހިކުމަތެއްގެ މަތީންކަމާއި، އުނދަގޫ ކަމަކަށްފަހު ލުއި ކަމެއް ގެނެސްދެއްވާނެކަމަށް އެކަލާނގެ ވަޢުދުވެވޮޑިގެންވާކަން މުސްލިމް އަޅާ ޔަޤީންކުރާތީއެވެ. މި ދުނިޔެމަތީގައި މިފަދަ އިމްތިހާންތަކާއި އެންމެ ބޮޑަށް ކުރިމަތިލައްވަން ޖެހިވަޑައިގަތީ […]