ވާހަކަ: މެންދަން (ވިހިވަނަބައި)

"ދޮންބެދައްތަ، މިހާރު ހުރިހާ ކަމެއް ރަނގަޅު. އިބްރާހިމްފުޅާއި އަހަރެންގެ ދޭތެރޭގައި މިހާރު އެއްވެސް މައްސަލައެއް ނެތް" ޝަރީފާ ބުނެލިއެވެ. ޝަރީފާ އެހެން ބުނެލުމުން ދޮންބެދައްތަ ޝަރީފާގެ މޫނަށް ރަނގަޅަށް ބަލާލިއެވެ. ދޮންބެދައްތައަށް އެނގުނެވެ. ޝަރީފާ ވާހަކައިގެ ތެރޭގައި ވަންހަނާވެފައިވާ އެތައް ވާހަކައެއް ހުރިކަން ދޮންބެދައްތައަށް ފާހަގަ ކުރެވެނުވެ. އެހެންނަމަވެސް އޭނާ އެއްޗެއް ނުބުނެ ހަމައެކަނި ބޯޖަހާލިއެވެ. ޝަރީފާގެ ލޮލުގައި ކަރުނަ ޖަމާވިއެވެ. އޭނާއަށް އިޙްސާސްވިއެވެ. ޝަރީފާ ވިސްނާލިއެވެ. އިބްރާހިމްފުޅާއެކު ހޭދަކުރި ވަގުތުތަކާ ދޭތެރޭގައެވެ. ހުރިހާ ވަގުތަކީވެސް އުފާވެރި […]