ލޯތްބާއި ރައްކާތެރިކަން ދޭންވީ 2 އަތުން އެކަތިލީ ދިރިއުޅުން، ކޮންފަދަ އަނިޔާވެރިކަމެއް!

ސައްތައިން ސައްތަ މުސްލިމް ޤައުމެއްގައި މިއިވެމުންދަނީ ހާދަ ހިތްދަތި ވާހަކަތަކެކެވެ. ލޯތްބާއި ހިމާޔަތް ދޭން ތިބި މައިންބަފައިންގެ ފަރާތުންވެސް ކުދިންނަށް ތަފާތު އަނިޔާ ލިބޭ ވާހަކައެވެ. އެއަނިޔާތަކަށް ކެތް ނުކުރެވިގެން މިދުނިޔެ ދޫކުރި ކުޑަކުޑަ އިބްތިހާލު މަތިން ގިނަ ދިވެހީން ހަނދާން ހުންނާނެއެވެ. ޖިންސީ އަނިޔާއާއި ކުރިމަތިލާންޖެހި ކުދިކުދި ހިތްތަކެއް ކަތިލެވެމުންދާއިރު މިފަދަ ކުދިން އެއުޅެންޖެހޭ ވޭނީ ދިރިއުޅުމުގެ މަތިން ހަނދާން ހުންނަނީ މަދު ބައެކެވެ. މިފަދަ ކަމެއް ފެންމަތިވާއިރު އެކަމާއި ހިތާމަކޮށް އަޑުއުފުލާ ގިނަބަޔަކު އުޅެއެވެ. […]