ބަންކަރިންގެ ޚިދުމަތް: އިޤްތިސާދަށް ހެޔޮ ބަދަލެއް އަންނާނެކަމަށް ބެލެވޭ!

އިޤްތިސާދަށް ހެޔޮ ބަދަލެއް ގެނައުމުގެ ގޮތުން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ އުތުރުގައި ބަންކަރިންގެ ޚިދުމަތް ފެށީ މިއަދު ހަވީރުއެވެ. ބަންކަރިންގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް ހއ. ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތުގައި މި ޚިދުމަތް ފައްޓަވައިދެއްވީ ހއ. އަތޮޅު ތަމްސީލުކުރާ ރައްޔިތުންގެ މަޖިލީހުގެ 5 މެންބަރުންނެވެ. މި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސަޢީދު އާއި އެސްޓިއޯގެ މެނޭޖިންގ ޑައިރެކްޓަރ ޝިމާދު އިބްރާހީމް އާއި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހުގެ އިތުރުން ސަރުކާރުގެ ބައެއް އިސްބޭފުޅުން […]
ފޮޓޯ: ރާއްޖޭގެ އުތުރުގައި ބައިނަލްއަގްވާމީ ބަންކަރިންގެ ޚިދުމަތް ފެށުން

ބައިނަލްއަގްވާމީ ބަންކަރިންގެ ޚިދުމަތް ފެށީ މިއަދު ހަވީރު ހއ. ހޯރަފުށީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ. ރާއްޖޭގެ އުތުރުގައި ބަންކަރިންގެ ޚިދުމަތް މިފެށީ ކަނޑުގައި އުޅަނދެއް ބާއްވައިގެން ޚިދުމަތް ދެމުންދާ ގޮތަށެވެ.