އަތްމަތި ދަތި މީހާގެ ދަރަނި ފަސްކޮށްދިން ނުވަތަ އުނިކޮށްދިން މީހާއަށް ޤިޔާމަތްދުވަހުން ޢަރުޝީގެ ހިޔަލުން ހިޔާވަހިކަން ދެއްވާނެ- ޚުޠުބާ

ހަދީޘްފުޅުގައި އެންމެ ހެޔޮ ޢަމަލުތަކުގެ ތެރެއިން ފުރަތަމަ ކަމަކަށް ނަބިއްޔާ ﷺ ބަޔާންކޮށްދެއްވާފައިވަނީ މުސްލިމުންގެ ހިތަށް އުފާވެރިކަން ވައްދައިދިނުމެވެ. އެމީހުންގެ ހިތްތައް ބާއްޖަވެރިކުރުމެވެ. އެ މީހުންނަށް ހިނިތުންވުން ގެނެސްދިނުމެވެ. އެމީހުން ހިތުގައި ނުޖެއްސުމެވެ. އެމީހުންގެ ކުރިމަތީގައި މޫނު ކުނިނުކުރުމެވެ. މިކަމުގައި އެންމެ އިސްކަންދޭންޖެހޭނީ ތިބާގެ މައިންބަފައިންނަށާއި އަނބިދަރީންނަށެވެ. ދެން ގާތްތިމާގެ މީހުންނަށާއި އަވަށްޓެރީންނަށެވެ. ދެވަނަ ކަމަކީ މުސްލިމް އަޚަކަށް ކުރިމަތިވާ މުސީބާތަކުން އޭނާ ސަލާމަތްކޮށްދިނުމެވެ. ދުނިޔެއާއި އާޚިރަތުގައި ތިބާއާއި ކުރިމަތިވެދާނެ ބޮޑެތި މުސީބާތްތަކުން ނަޖާކޮށްދެއްވުމަށް އެދޭނަމަ މީސްތަކުންނާއި […]