ވާހަކަ: މެންދަން (އެކާވީސްވަނަބައި)

އިރުގެ ރަތްކަން އުދަރެހުގައި ފެތުރެމުން ދިޔައެވެ. އިރު އޭގެ ދަތުރު ނިންމައި، ހުޅަނގު ފަރާތުގެ އުދަރެހުގައި ފޮރުވެމުން ދިޔައެވެ. މިވަގުތު، ދޫނިތަކުގެ ސަފުތައް އުދަރެހުގައި ފެންނަން ފެށިއެވެ. އެތަކެތި އަވަސް އަވަހަށް އެނބުރި އޭގެ ހާލިތަކަށް ދަތުރުކުރަމުން ދިޔައެވެ. އިރުއޮއްސި އަނދިރިވުމުގެ ކުރިން އަމާން ތަނަކަށް ވާސިލުވުމަށްޓަކައެވެ. ނަމަވެސް ޝަރީފާގެ ހާލު މުޅިން ތަފާތެވެ. އޭނާ ބޭނުންވަނީ އަވަހަށް ދުވާލުގެ ނިމުން އައުމަށެވެ. އިރު އޮއްސިގެން ގޮސް، ރޭގަނޑުގެ އަނދިރިކަން ވެރިވަމުން ދިޔަ ކޮންމެ ވަގުތެއްގައި ޝަރީފާގެ […]