ޤައުމުގެ ތަރައްޤީއަށް ބޭނުންވާ މަގުތައް ކޮށޭނީ، މުޅި ދުނިޔޭގައިވެސް އިޙުތިރާމު ލިބިފައިވާ ޤައުމަކަށް ވެގެން – ރައީސުލްޖުމްހޫރިއްޔާ

ޤައުމުގެ ތަރައްޤީއަށް ބޭނުންވާ މަގުތައް ކޮށޭނީ، ދިވެހިރާއްޖެއަކީ މުޅި ދުނިޔޭގައިވެސް އިޙުތިރާމު ލިބިފައިވާ ޤައުމަކަށްވެގެންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. އދ. ގައި ކުރާ ބަހުސްތަކުގައި ބައިވެރިވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވައި، އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެއަށް އދ. ގެ މެންބަރުކަން ލިބުނުތާ 59 އަހަރު ފުރޭދުވަސް ފާހަގަކުރުމުގެ ގޮތުން ދެއްވި ވީޑިއޯ މެސެޖުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވީޑިއޯ މެސެޖުގައި ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ އަޑު އުފުލުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ބައިނަލްއަޤްވާމީ މައިދާނުގައި […]
ތެލެސީމިއާ ދަރިފުޅު ގޮވައިގެން މަންމަ އުޅެން ޖެހުނު އުނދަގޫ ހާލަތު، މުޖުތަމައުން ކުރީ ފުރައްސާރަ!

ވަހީދާ އަކީ ތެލެސީމިއާ ދަރިއެއް ގެންގުޅޭތާ 21 އަހަރު ހޭދަކޮށް ހިތްދަތި ތަކުރިބާތަކެއް ކޮށްފައިވާ މައެކެވެ. ތިޔައިގެ ތެރެއިން ކޮންމެ މައެއްވެސް އެ މީހެއްގެ ދަރިފުޅަށް ފުރިހަމަ ސިއްހަތެއް އެދޭ ފަދައިން ވަހީދާގެ ދެމަފިރިންނާއި އާއިލާއިންވެސް އެމީހުންގެ މިިދަރިފުޅާ މެދު ފޮނި އުންމީދުތަކެއް ކުރިއެވެ. "އެންމެ ފުރަތަމަ އެއަންހެން ދަރިފުޅަށް ލޭ އަޅަން ފެށީ 3 މަހުގައި. މިހާރު އަޅަން މަހަކު ދެ ފަހަރު، އޭރު އަޅުގަނޑުމެން ލޭ ގަންނަނީ މީހުންނަށް ބޮޑު އަގުދީގެން އޭރު ވަރަށް އުނދަގޫ […]