އިސްރާއީލުން ލުބުނާނަށް ދިން ހަމަލާތަކުގައި 650 އަށްވުރެ ގިނަ މަރު

ފާއިތުވި ދެ ޑީކޭޓްގެ ތެރޭގައި އިސްރާއިލު ސިފައިން ލުބުނާނަށް ދިން އެންމެ ވަރުގަދަ ހަމަލާތަކުގައި 560 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އަދި ރައްކާތެރިކަން ހޯދުމަށް ދެކުނު ލުބުނާނުގެ އެތައްހާސް ބަޔަކު ދަނީ ގެދޮރު ދޫކޮށް އެހެން ހިސާބުތަކަށް ހިޖުރަ ކުރަމުންނެވެ. ހިޒްބުﷲ އާއި އިސްރާއީލް ސިފައިންގެ މެދުގައި ފެށުނު ހަމަލާބަދަލުކުރުންތައް އާންމުން ދިރިއުޅޭ ސަރަހައްދުތަކަށްވެސް ފުޅާކޮށް އިސްރާއީލުން އަންނަނީ ވައިގެ މަގުން ވަރުގަދަ ހަމަލާތައް ދެމުންނެވެ. ލުބުނާންގައި ހަމަލާތައް ވަރުގަދަކޮށްފައިވާއިރު، އިސްރާއީލު ސިފައިންނަށް އެހީވުމަށް […]
2040 ވަނަ އަހަރު އަންނައިރު ދިވެހިރާއްޖެއަކީ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމެއްގެ ގޮތުގައި ފެނިގެންދާން ބޭނުން- ރައީސުލްޖުމްހޫރިއްޔާ

ދިވެހިރާއްޖޭގެ ކުރިމަގަށް ކުރައްވާ ތަޞައްވުރަކީ 2040 ވަނަ އަހަރު އަންނައިރު ދިވެހިރާއްޖެއަކީ ހުރިހާ މާނައެއްގައި ފުރިހަމައަށް ތަރައްޤީވެފައިވާ، ޤައުމެއްގެ ގޮތުގައި ފެނިގެންދިއުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. އަދި ތަރައްޤީގެ އެންމެ މަތީ ހަރުފަތްތަކުގައިވާ ޤައުމެއްގެ ގޮތުގައި ފެނިގެންދިއުމަކީ ވެސް އެދިވަޑައިގަންނަވާ ގޮތް ކަމުގައި ވިދާޅުވިއެވެ. އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި އަންގާރަ ދުވަހުގެރޭ ތަޤުރީރުކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ތަޞައްވުރަށް ވާޞިލްވުމަށްޓަކައި އުފެއްދުންތެރިކަން އިތުރުކޮށް، ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ […]