ފޮޓޯ: އެމްއޭސީއެލް އިން ކުރިއަށްގެންދިޔަ ބޭސިކް ފަޔަރ ފައިޓަރ ކޯސް ނިންމުން

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކުރިއަށް ގެންދިޔަ ބޭސިކް ފަޔަރ ފައިޓަރ ކޯހުގެ 29 ވަނަ ބެޗް ނިމިއްޖެއެވެ. 43 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ކޯހުގައި 12 މީހަކު ވަނީ ބައިވެރިވެފައެވެ. މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީއިން ފާސްކޮށްފައިވާ ބޭސިކް ފަޔަރ ފައިޓަރ ކޯހަކީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް އަދި އެއަރޕޯޓް ވަށައިގެންވާ ސަރަހައްދުގެ އިތުރުން މަތިންދާބޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގުމުން ކުއްލި ހާލަތްތަކަށް ރައްދުދިނުމަށް ފަޔަރ ފައިޓަރުން ތަމްރީނު ކުރި ކޯހެކެވެ. […]
ޢިބުރަތްތެރި ވާހަކަ: ބަނޑުހައިވެފައިވާ ފަޤީރު ފިރިހެން ކުއްޖާ

ކުނިގޮނޑުން ކާއެއްޗެހި ހޮވައިގެން ކައިބޮއި އުޅުނު ފަޤީރު ނިކަމެތި ކުއްޖެކެވެ. އޭނާ އެއްދުވަހަކު މިގޮތަށް ކާއެއްޗެއް ހޯދުމަށް މަސައްކަތް ކުރަނިކޮށް މުއްސަނދި އާއިލާއެއްގެ ކުއްޖަކަށް ފެނި އޭނާ ކައިރިއަށްގޮސް ސުވާލުކުރިއެވެ. "ތި ގޮތަށް ޑަސްބިނުން ހޮވައިގެން ކާތަކެތީގައި ޖަރާސީމު ހުންނާނެ، އެތަކެތި ކެއުމުން ބަލިތައްޖެހި މަރުވެސް ވެދާނެ". އެހެން ބުނުމުން ޖަވާބުގައި ފަޤީރު ކުއްޖާ ބުންޏެވެ. " އަހަރެން މި ކާއެއްޗެހި ނުކައިފިނަމަ ބަލިޖެހިގެން މަރުވާފަދައިން ބަނޑުހައިހޫނުގައި އަހަރެން މަރުވެދާނެއެވެ. ބުނަން ތިއުޅެނީ ކީކޭ ހެއްޔެވެ؟ މިހެން […]