ސްޓެލްކޯގެ ލީޑަރޝިޕް އެންހޭންސްމެންޓް ޕްރޮގްރާމްގެ 7 ވަނަ ބެޗް ފެށުން

ސްޓެލްކޯގެ 51 މުވައްޒަފުން ބައިވެރިކޮށްގެން ލީޑަރޝިޕް އެންހޭންސްމެންޓް ޕްރޮގްރާމްގެ 7 ވަނަ ބެޗް ވަނީ ފަށައިފައެވެ. މި ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ މި ތަމްރިން ޕްރޮގްރާމަކީ ޓީމް ބާރުވެރި ކުރުމަށް ކުރާ މަސައްކަތުގެ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މިއީ ސްޓެލްކޯއާއި މުވައްޒަފުންނަށް ފައިދާކުރާ ކާމިޔާބު މުސްތަގުބަލަކަށް މަގުފަހިވެގެންދާނެ ޕްރޮގްރާމެއް ކަމަށްވެސް ފަހުމީ ފާހަގަކުރެއްވިއެވެ. ގިރިފުށީގައި ކުރިއަށްގެންދާ މި ޕްރޮގްރާމަކީ އެމްއެންޑީއެފްގެ އެއްބާރުލުމާއެކު ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މީގެ ކުރިން ބޭއްވި ޕްރޮގްރާމްތަކުގައި 368 […]
ބިރުވެތިވޭ، ހަވާލުވެފައިވާ މަސްއޫލިއްޔަތާ މެދު ދުނިޔެއާއި އާޚިރަތުގައިވެސް ޖަވާބުދާރީވާން ޖެހޭނެ- ހުކުރު ޚުޠުބާ

އިސްލާމީ މުޖުތަމަޢުގެ ކޮންމެ ފަރުދަކީ މަސްއޫލިއްޔަތެއް އޮތް މީހެކެވެ. އޭނާގެ މައްޗަށް ވާޖިބުތަކެއް ހުރި މީހެކެވެ. އަދި ކޮންމެ އިންސާނަކީ އެމީހަކު މި ދުނިޔޭގައި ކުޅަ ކޮންމެ ޢަމަލަކާ މެދު، ބުނި ކޮންމެ ބަހަކާ މެދު، މާތް ﷲގެ ޙަޟްރަތުގައި ޖަވާބުދާރީވާން ޖެހޭނެ މީހެކެވެ. ހަމަ އެފަދައިން ކޮންމެ މީހަކީ ތިމާ ދިރިއުޅެމުންދާ މުޖުތަމަޢުގައި އޭނާ ހިމެނޭ ހައިސިއްޔަތަކުން އެހެން މީހުންގެ ކުރިމަތީގައި ޖަވާބުދާރީވާން ޖެހޭނެ މީހެކެވެ. މައިންބަފައިން މުދައްރިސުން އެކިއެކި އޮފީސްތަކުގެ ވެރިންނާއި މުވައްޒަފުން އެމީހުންނާ […]
ޒީޓައިމްސް ބަދިގެ: ވައިޓް ޗޮކްލެޓް މިލްކްޝޭކް

ބޭނުންވާތަކެތި: 1 ތަށި ފިނި ދިޔާމިލްކް 1 މޭޒުމަތީ ސަމުސާ ހިކިކިރު 5 ޕީސް ވައިޓްޗޮކްލެޓް 1 ސްކޫޕް ވެނީލާ އައިސްކްރީމް 5 އައިސްކިއުބް ތައްޔާރުކުރާނެ ގޮތް: ހުރިހާ ބާވަތެއް އެއްކޮށް މިކްސަރަށް އަޅާފައި ރަނގަޅަށް ފޮނު އަރަންދެން ގިރާށެވެ. އެއަށްފަހު ތައްޓަށް އަޅާފައި އައިސްކްރީމް ސްކޫޕް ލާށެވެ. މި މިލްކްޝޭކް ވެސް ވަރަށް ގިނަ ގޮތްގޮތަށް ތައްޔާރު ކުރެއެވެ.