ތާރީޚް: ފުވައްމުލައް ސިޓީގެ މަސްޖިދުލްއިނާރާ

މަސްޖިދުލްއިނާރާއަކީ ފުރަތަމަ ބޯޅަ މިސްކިތުގެ ނަމުގައި ބިންގާ އެޅިގެން އިމާރާތް ކުރެވުނު މިސްކިތެކެވެ. މިމިސްކިތުގެ ބިންގާ އެޅުނީ 1371 ވަނަ އަހަރުގެ ސެޕްޓެންބަރުމަހުގެ 13 ވަނަ ދުވަހުގައެވެ. ބިންގާ އަޅުއްވައިދެއްވީ އެދުވަސްވަރުގެ ކަތީބު ބޭކަލަކު ކަމުގައިވާ ފުވައްމުލަކު އިހަލަގެދަރި ޢަބްދުﷲ ދީދީ (ޢަބްދުﷲ ހުސައިންދީދީ) އެވެ. ބިންގާ އެޅުނު މިސްކިތް ގަލާއި ވެލި އަދި އުވަ ބޭނުންކޮށްގެން ރާނާ ނިމި މިސްކިތް ހިޔާކޮށް މިސްކިތުގައި ނަމާދު ކުރަން ފެށުނީ ކޮން ދުވަހެއްގައިކަން އެނގޭކަށް ނެތެވެ. އެހެންނަމަވެސް ގިނަ […]