އަންހެނުންނަށް އަނިޔާ ކުރުމަކީ ފައިދާއެއް ނެތް ގެއްލުންހުރި ހަޑިހުތުރު ޢަމަލެއް- ހުކުރު ޚުޠުބާ

އަނިޔާވެރިވުމުގެ ހުރިހައި ވައްތަރެއް އިސްލާމްދީނުގައި ވަނީ ހަރާމްކުރައްވައިފައެވެ. ގެވެށި އަނިޔާއަކީ އަނިޔާވެރިވުމުގެ ތެރޭގައި ހިމެނޭ އެއް ބާވަތެވެ. މިކަމަކީ މުޖުތަމައުގައި ގަދަ އަޑުން ވާހަކަދެކެވޭ އެކަމާމެދު ކަންބޮޑުވެ އެކަން ހުއްޓުވުމަށްޓަކައި އަޑު އުފުލަމުންދާ މައްސަލައެކެވެ. ގެވެށި އަނިޔާގެ ތެރޭގައި ހިމެނެނީ ފިރީން އަނބީންނަށް، އަނބީން ފިރިންނަށް ކުރާ އަނިޔާއާއި، މައިންބަފައިން ދަރިންނަށް ކުރާ އަނިޔާއާއި، ދަރީން މައިންބަފައިންނަށް ކުރާ އަނިޔާއާއި، އެކަކު އަނެކަކަށް ކުރާ ތަފާތު ބާވަތްތަކުގެ އަނިޔާތަކެވެ. މުސްލިމް މުޖުތަމަޢަކީ ރަޙްމަތާއި ކުލުނާއި، އޯގާވެރިކަމާއި، އަޅައިލުމުގެ […]