ޤުރްއާނާއި ސުންނަތް އިރުޝާދު ދޭ ފަދައިން ބައްޓަންވެފައިވާ މުޖުތަމަޢަކަށް ބަދަލުކުރުމަށް އެންމެންގެ ބައިވެރިވުމަށް ރައީސް އެދިވަޑައިގެންފި!

ދިވެހި މުޖުތަމަޢަކީ ޤުރްއާނާއި ސުންނަތް އިރުޝާދު ދޭ ފަދައިން ބައްޓަންވެފައިވާ ރަނގަޅު މުޖުތަމަޢަކަށް ބަދަލުކުރުމުގައި ހުރިހާ ފަރާތްތަކުން ބައިވެރިވެވަޑައިގެން، އެއްބާރުލެއްވުން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ އެދިވަޑައިގެންފައެވެ. ރައީސް މިގޮތަށް އެދިވަޑައިގެންނެވީ ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތު ފާހަގަކުރުމަށް މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. " ރާއްޖެ އިސްލާމްވި ދުވަހަކީ ދެދުނިޔޭގެ ބާއްޖަވެރިކަމުގެ މަގަށް އަޅުގަނޑުމެންގެ ފިޔަވަޅުތައް ސީދާކުރި ދުވަސް. އެއީ ހިދާޔަތާއި ނަސްރާއި ނަސީބުގެ ދުވަސް. އާއިލީ […]

ޤުރުއާން ހިތުދަސްކޮށްގެން ސަނަދު ހާސިލުކުރި 28 ޙާފިޒުންނަށް ރައީސުލްޖުމްހޫރިއްޔާ މެޑަލް ދެއްވައިފި!

2022 ވަނަ އަހަރުގެ އޮކްޓޯބަރުން ފެށިގެން މިއަހަރުގެ ސެޕްޓެންބަރުގެ ނިޔަލަށް ޤުރުއާން ހިތުދަސްކޮށްގެން ސަނަދު ހާސިލުކުރި 28 ޙާފިޒުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ހަނދާނީ ލިޔުމާއި އިނާމު އަދި މެޑަލް ދެއްވައިފައެވެ. އެ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ހަނދާނީ ލިޔުމާއި އިނާމު އަދި މެޑަލް ދެއްވީ، ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައެވެ. މިއަދު ޙާފިޡުކަމުގެ މެޑަލް ލިބުނު 28 މީހުންނަކީ:- 1 އަލްޙާފިޡާ ފާޠިމަތުދީދީ، ޝެވިލް، ސ. ހިތަދޫ […]

ވާހަކަ: މެންދަން (ތޭވީސްވަނަބައި)

ޝީމާ އާއި ޝަރީފާ ވާހަކަ ދައްކަން ތިބެފައި ޝަރީފާ ހިނގައިގަތީ އޭނަގެ ކޮޓަރިއަށެވެ. ވަދެގެން ދިޔަ ގޮތަށް ފުރަތަމަވެސް ބަލައިލީ އިބްރާހިމްފުޅުގެ އެއްވެސް އެއްޗެއް ހަނދާން ނެތި ބާއްވާފައި ދެވުނުތޯއެވެ. ޝަރީފާ ކޮޓަރިއަށް ވަދެ، ދޮރު ލައްޕާލިއެވެ. އޭނާގެ ހިތުގައި އުފެދުނު ދެރަކަން ފޮރުވަން މަސައްކަތް ކުރިއެވެ. އޭނާ ކޮޓަރީގެ އެކި ދިމަދިމާލަށް ނަޒަރު ހިންގާލިއެވެ. އިބްރާހިމްފުޅުގެ ފޮޓޯ ފްރޭމް އަދިވެސް އޮތީ ކުރިން ބެހެއްޓި ތަނުގައެވެ. އޭނާގެ ބައެއް ހެދުންތައް ވެސް އަދި ހުރީ އަލަމާރީގައެވެ. […]