ޒިނޭކުރުމަށް ހުށަހެޅޭ ވަގުތު އެކަމުން ދުރުވެގެންފި މީހާއަށް ޤިޔާމަތް ދުވަހު ޢަރުޝީގެ ހިޔާވަހިކަން ލިބޭ- ހުކުރު ޚުޠުބާ

އިސްލާމްދީނަކީ ޢިއްފަތްތެރިކަމާއި ޠާހިރުކަމުގެ ދީނެވެ. ﷲ ތަޢާލާ ވަނީ މުސްލިމުންގެ މައްޗަށް ހުރިހައި ބާވަތެއްގެ ބަދުއަޚްލާޤީ ޢަމަލުތަކާއި ފާޙިޝް ޢަމަލުތައް ޙަރާމް ކުރައްވައިފައެވެ. އެންމެ ނުރައްކާތެރި ފާޙިޝް ޢަމަލަކީ ޒިނޭއެވެ. ޒިނޭއަކީ އެކަމުގައި ހަލާކާއި ބަލިމަޑުކަން ހިމެނޭ ހަޑިމުޑުދާރު ޢަމަލެކެވެ. އެއް ޖިންސުން ގުޅުން ހިންގުމާއި ޒިނޭކުރުން ޢާއްމުވެއްޖެ ތަނެއް މާތް ﷲ ހަލާކުކުރައްވައެވެ. މި ޒަމާނުގައި މިއަމަލުތަކަށް އަރައިގަންނަނީ އެއްވެސް ޖެހިލުމެއް ނެތިއެެވެ. ބައެއް މީހުން ޒިނޭއަށް އަރައިގަތުމުގެ މަޤްސަދުގައި ދަތުރު ހަދައިގެން އެހެން ޤައުމުތަކަށް […]