އެއަރޕޯޓް އެކްސެލެންސް ސެކިއުރިޓީ އެސެސްމަންޓް ޕްރޮގްރާމް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ފެށުން

އެއަރޕޯޓްސް ކައުންސިލް އިންޓަރނޭޝަނަލް (އޭ.ސީ.އައި)ގެ "އެއަރޕޯޓް އެކްސެލެންސް (އެޕެކްސް) އިން ސެކިއުރިޓީ" ޕްރޮގްރާމް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ދަނީ ކުރިއަށްގެންދަމުންނެވެ. މިއެސެސްމަންޓް ފެށުމުގެ ގޮތުން މިއަދު ނޫވިލު ސީޕްލޭން ޓާރމިނަލްގައި ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) ގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ލަމްޢާން، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ލަތީފު، އޭ.ސީ.އައިގެ އެޕެކްސް ޓީމް ލީޑަރ ގޭރީ ބައުޑަން އަދި އެމް.އޭ.ސީ.އެލްގެ […]
ދުރުގައި ގިނަ ދުވަހު ދިރިއުޅެންޖެހޭ ހާލަތްތަކުގައި ލޯތްބާއިއެކު ދިރިއުޅުން ކުރިއަށްގެންދާނީ ކިހިނެއް؟

އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަކީ ވަޒީފާގެ ގޮތުގައި ނުވަތަ ދިރިއުޅުމުގެ އެހެނިހެން ސަބަބުތަކާއި ހުރެވެސް ލޯބިވާ އާއިލާއާއިއެކު އެކީގައި އަބަދު އެއްފަސްގަނޑެއްގައި ދިރިއުޅެވޭނެ ބައެއް ނޫނެވެ. ކައިވެނީގެ ކުރީކޮޅުގައިވެސް ވަޒީފާގެ ސަބަބުން ދެތަނެއްގައި ދިރިއުޅެންޖެހެއެވެ. ނުވަތަ މަތީ ތަޢުލީމު ހާސިލުކުރުމަށް ރާއްޖެއިން ބޭރުގައި އެކަކު އުޅެންޖެހޭ ހާލަތްތަކުގައިވެސް ދިރިއުޅުން ކާމިޔާބުކަމާއިއެކު މައްސަލަ ނުޖެހި އުޅެވޭނެ ގޮތެއް ހޯދުމަށް މަސައްކަތްކުރަން ޖެހެއެވެ. 1. ވަކި ވަގުތުތަކެއް ވާހަކަދައްކަން ކަނޑައެޅުން އެކި ސަބަބުތަކާއި ހުރެ ދެތަނެއްގައި ދިރިއުޅެންޖެހޭ ހާލަތްތަކުގައި ކޮންމެ […]