ދައުލަތުގެ ވެރިންނާއި ސިޔާސީ މުވައްޒަފުންގެ މުސާރައިން 10 އިންސައްތަ އުނިކުރަން ރައީސް ނިންމެވުން!

2025 ވަނަ އަހަރު ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު އިޤްތިޞާދީ އިޞްލާޙީ އެޖެންޑާގެ ދަށުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަޤްޞަދުގައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ވަނީ ނިންމަވައިފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ހާމަކުރެއްވީ މިރޭ އިރާކޮޅުގައެވެ. މިގޮތުން މުސާރައާއި ގުޅޭ ގޮތުން ތިރީގައިވާ ފިޔަވަޅުތައް 2 އަހަރު ދުވަހުގެ މުއްދަތަށް އެޅުމަށް ނިންމަވާފައިކަމަށް ރައީސް ވިދާޅުވިއެވެ. ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން %10 އުނިކުރުން. ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން […]
އިބުރަތްތެރި ވާހަކަ: ރައްޓެހިންނާއި ދުޝްމަނުން ވަކިކުރަން ދަސްކުރުން

ޅަ އުމުރުގެ އަންހެން ކުއްޖަކު އުމުރުން ދުވަސްވީ އަންހެނަކާ ސުވާލުކުރިއެވެ. "ދިރިއުޅުމުގައި އަހަރެންނަށް ރައްޓެހިން ބޭނުންވޭތަ؟" ޖަވާބުގައި އަންހެންމީހާ ބުންޏެވެ: "ދިރިއުޅުމަކީ ޙަޤީޤަތުގައިވެސް ވަރަށް އުނދަގޫ ކަމެކެވެ. ދިރިއުޅުމުގައި ދިމާވާ ކަންކަމުގައި އެހީތެރިވާނެ އިތުބާރުކުރެވޭ މީހަކު ހުރުން ވަރަށް މުހިންމެވެ. އެމީހަކު ވާންވާނީ ހެޔޮއެދޭ އެމީހެއްގެ ގާތުގައި ކޮންމެ ވާހަކައެއްވެސް ދެއްކޭވަރުގެ އެހީތެރިކަން ދޭނެ މީހަކަށެވެ. އެފަދަ މީހަކީ، އެހެން އެންމެން ތިބާ ދޫކޮށްފައި ދާއިރުވެސް ގާތުގައި ހުންނާނެ މީހެކެވެ. ލިބޭ އުފަލާއި ކާމިޔާބީތަކުގައި ބައިވެރިވެ، އުނދަގޫ […]