މިއަހަރުގެ 3 ވަނަ ކުއާޓަރުގައި އެސްޓީއޯއަށް 3.6 ބިލިއަން ރުފިޔާގެ ފައިދާއެއް!
އެސްޓީއޯގެ 2024 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރގެ ހިސާބުތައް އެކުންފުނީގެ ވެބްސައިޓުގައި އާންމުކުރީ މިމަހު 30 ވަނަ ދުވަހުގައެވެ. އެސްޓީއޯއިން މައުލޫމާތު ދިންގޮތުގައި މިއަހަރުގެ ތިންވަނަ ކުއާޓަރގެ ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 3.6 ބިލިއަން ރުފިޔާ ލިބިފައެވެ. "މިއީ މީގެ ކުރީ ކުއާޓާރއާއި އަޅާބަލާއިރު 3 އިންސައްތައިގެ ކުރިއެރުމެއް. ޖުމްލަ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ކުންފުނިން ކުރަމުންގެންދާ ވިޔަފާރި ރަނގަޅު ވެފައިވުން. އާމްދަނީ އިތުރުވުމާއިއެކު ޖުމްލަ ފައިދާގެ ގޮތުގައިވަނީ 592 މިލިއަން ރުފިޔާ ލިބިފަ. […]
ފަތުރުވެރިކަން އިތުރު ހަރުފަތަކަށް ގެންދިއުމަށް އެމްއެމްޕީއާރުސީއިން ގިނަ މަސައްކަތްތަކެއް
ދިވެހި ރާއްޖެއަކީ ހަމައެކަނި މޫދާއި ހުދު ދޮންވެލީގެ ގޮނޑުދޮށްތަކާއި ކަނޑު އަޑީގެ މުރަކައިގެ ބަގީޗާތަކުގެ ގޮތުގައި ޓްރެވެލް މާކެޓްތަކުގައި މަޝްހޫރުވެފައި އޮންނަ އޮތުން އެހެނިހެން ދާއިރާތަކަށް ބަދަލުކުރުމުގެ އަމާޒުގައި އެމްއެމްޕީއާރްސީން އަންނަނީ މަސައްކަތް ކުރަމުންނެވެ. ރާއްޖޭގެ ގުދުރަތީ ރީތިކަން ފަތުރުވެރިންނަށް ވިއްކާ ފަދައިން، ރާއްޖޭގެ މުއްސަނދި ސަގާފަތާއި ތަރިކައާއި ދިވެހިންގެ ސާދާ ދިރިއުޅުމުގެ ވައްޓަވާޅި ވެސް ތަޖްރިބާ ކުރެވޭ ގޮތަށް ފަތުރުވެރިކަމުގެ މާކެޓްތަކުގައި ރާއްޖެ އިސްތިހާރު ކުރާ ގޮތުން، ސްޕޯޓްސް ޓޫރިޒަމް އާއި ފިލްމް ޓޫރިޒަމް އަދި […]