ވާހަކަ: މެންދަން (ހަތާވީސްވަނަބައި)

ޝަރީފާ އަށް ހޭލެވުނުއިރު ހުރީ އިރުއަރާފައެވެ. ފާއިޒު އަދިވެސް ނިދީގައެވެ. ޝަރީފާ އޭނާގެ ފިރިމީހާގެ މޫނަށް ބަލާލިއެވެ. އެ މޫނުގައި ވަނީ ހިތްހަމަޖެހުމުގެ ކުލަވަރެވެ. އެހެންނަމަވެސް ޝަރީފާގެ ހިތުގައި އަދިވެސް ވަނީ ބިރުވެރިކަމެވެ. ފާއިޒު އަނެއްކާވެސް އޭނާ ދޫކޮށްލާފައި ދާނެ ކަމުގެ ބިރެވެ. ޝަރީފާ ފާއިޒު ދޫކޮއްލާކަށް ބޭނުމެއް ނޫނެވެ. އަދި ޝީމާ އަށް ދިމާވެފައިވާ ކަންތަކަކީވެސް ކުޑަކަމެއް ނޫނެވެ. ފާއިޒު ދޫކޮއްލާފައި ޝަރީފާ ދާން ބޭނުން ނުވަނީ ތަނަވަސް ދިރިއުޅުމަކަށް ފުރަގަސް ދޭން ބޭނުނުން ނުވާތީއެވެ. […]