އިތުރަށް ކުރިއަށްދެވެން ނެތް ޒުވާނުން ދިވެހި އަސްކަރިއްޔާއަށް ނުވަތަ ފުލުހުންގެ ޚިދުމަތަށް ރެކްރޫޓް ކުރަނީ!

ސާނަވީ ތަޢުލީމު ނިންމުމަށްފަހު އެކި ސަބަބުތައް މެދުވެރިވެގެން ތަޢުލީމީ ޙަޔާތް ކުރިއަށް ގެންދެވެން ނެތް، އަދި ވަޒީފާގެ ފުރުޞަތުވެސް ތަނަވަސްވެފައި ނެތް، 16 އަހަރުން މަތީގެ ދިވެހި ދަރީން، ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިކޮށް، ދިވެހި ޢަސްކަރިއްޔާ ނުވަތަ ފުލުހުންގެ ޚިދުމަތަށް ރެކްރޫޓް ކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިރޭ ވަނީ ވިދާޅުވެފައެވެ. ނަސްރުގެ ދުވަހުގެ ޚާއްސަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކުރިއަށް އޮތް 2025 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް، […]
ނުގުޑާފަދަ އަޒުމަކާއެކު ދިވެހިންގެ އެއްބައިވަންތަކަން ހިފަހައްޓަންވާނެ- ރައީސް މައުމޫނު

ނުގުޑާ ފަދަ ޢަޒުމަކާއެކު ދިވެހިންގެ އެއްބައިވަންތަކަން ހިފަހައްޓަންވާނެކަމަށް ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ (ނޣޢވ)، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސް މައުމޫނު މިގޮތަށް ވިދާޅުވީ، ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރާއްޖޭގެ ޤައުމީ މަސްރަޙަށް ބަދަލުތަކެއް އައި ނަމަވެސް، އެއްވެސް ކަމެއްގެ ސަބަބުން ޤައުމީ ވަހުދަތަށް އުނިކަން އައިސްގެން ނުވާނޭކަމަށްވެސް ރައީސް މައުމޫނު ވަނީ ވިދާޅުވެފައެވެ. " ޒަމާނާ އެކަށީގެންވާ ގޮތަކަށް ރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތައް […]
ނިޝާން ޢަސްކަރީގެ ވެރިކަމުގެ ޢިއްޒަތް، މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލަށް

ނިޝާން ޢަސްކަރީގެ ވެރިކަމުގެ ޢިއްޒަތް، މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލަށް ދެއްވީ މިރޭ ކުރިއަށްގެންދާ ނަސްރުގެ ދުވަހުގެ ޚާއްސަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެވެ. މި ޢިއްޒަތް، މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލަށް އެރުވީ، ދިވެހި ޤައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި ޢަސްކަރީ ގޮތުން ކުރެއްވި އަގުހުރި ޚިދުމަތްތަކާއި، ޤައުމުގެ އިސްތިޤްލާލާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ކޮށްދެއްވި މަސައްކަތްޕުޅުތަކާއި، ޚާއްޞަކޮށް، 1988 ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް […]
ފޮޓޯ: ނޮވެމްބަރު 3ގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި ގާޑް މައުންޓްކުރުމުގެ ރަސްމިއްޔާތު
