ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި އަލިފާން ރޯވެ ބޭނުންނުކުރެވޭ ވަރަށް އަނދައިފި

ހުޅުމާލެ ފަޅުތެރޭގައި އޮތް "ބްލޫވޭގާ" ނަމަކަށް ކިޔާ ސަފާރީއެއްގައި އަލިފާން ރޯވެ ބޭނުންނުކުރެވޭ ވަރަށް ވަނީ އަނދައިފައެވެ. ވެމްކޯ ޖެޓީ ސަރަހައްދުގައި ސަފާރީތައް އަޅާ ސަރަހައްދުގައި އޮތް މި ސަފާރީގައި އަލިފާން ރޯވިކަމުގެ ރިޕޯޓް ލިބިފައިވަނީ ރޭ ދަންވަރު 3:42 ގައި ކަމަށް އެމްއެންޑީއެފް އިން ވަނީ މައުލޫމާތު ދީފައެވެ. " މިހާދިސާގެ މައުލޫމާތު ލިބުމާއެކު ފަޔަރ ފައިޓަރުން ވަނީ އެ ސަރައްހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފަ. އަދިވެސް އެކީގައި ނުނިވޭ". އަލިފާނުގެ ހާދިސާ […]