ދިވެހިރާއްޖޭގެ ތަޢުލީމަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިނަށް އަރުވައިފި

ދިވެހިރާއްޖޭގެ ތަޢުލީމަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ (ނ.ޢ.ޢ.ވ)، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ކަމުގެ މަގާމުގައި މިހާރު ހުންނެވި ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިނަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަރުވައިފިއެވެ. މި ޝަރަފު ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިނަށް އެރުވީ މިރޭ ދަރުބާރުގޭގައި ކުރިއަށްދިޔަ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. މި ޝަރަފު، ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިނަށް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވީ، ދިވެހިރާއްޖޭގެ ތަޢުލީމީ ތަރައްޤީއަށާއި، ރާއްޖޭގައި […]
ބޮޑީބިލްޑިންގ މުބާރާތުން މުޖުތަމައުގެ އާންމު މިންގަނޑުތަކާއި ޚިލާފު މަންޒަރުތަކެއް ފެނުމުން ގިނަބައެއްގެ ނުރުހުން އަމާޒުވެއްޖެ!

އައްޑޫ ސިޓީގައި މިހާރު ކުރިއަށްދާ ބޮޑީބިލްޑިންގ މުބާރާތުގައި ދެޖިންސް މަސްހުނިކޮށް އެގެނެސްދިން އައިޓަމްތަކަކީ މުޖުތަމައުގެ އާންމު މިންގަނޑުތަކާއި ޚިލާފު 100 އިންސައްތަ މުސްލިމް ޤައުމެއްގައި ކޮށްގެންވާނެ ކަމެއް ނޫންކަމަށް ބުނެ އެ މުބާރާތް ކުރިއަށްގެންދާތީ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ. މި ނޮވެންބަރުމަހުގެ 5 އިން 11 އަށް ކުރިއަށްގެންދާ ދުނިޔޭގެ 15 ވަނަ ބޮޑީ ބިލްޑިންގ ޗެމްޕިއަންޝިޕް މިހާރުން މިހާރަށް ހުއްޓާލުމަށްވެސް އެއްބަޔަކު ދަނީ ގޮވާލަމުންނެވެ. އާންމުންގެ ނުރުހުން އަމާޒުވެފައިވަނިކޮށް ސޯޝަލް […]
މަތިދޮންބުރެކި: މަސްޓޭންކުގައި ގެންގުޅެން ޗާލު މަހެއް!

މަތިދޮންބުރެކި އަކީ ބުރަކަށިމަތީ ކޮތަރިބައިގައި 10-11 ހަރުކައްޓާއެކު 16-18 ދެމެދުގެ އަދަދަކަށް މަޑުކަށި ހުންނަ 13 ސެންޓިމީޓަރަށް ބޮޑުވާ މަހެކެވެ. މިމަސް އާންމުކޮށް އުޅެނީ 4-40 މީޓަރުގެ ފުން ހިސާބުތަކުގައެވެ. މި ވައްތަރުގެ މަހުގެ ބަނޑުދަށް ފަރާތުގެ ކޮތަރިބައިގައި 3 ހަރުކައްޓާއެކު 8 މަޑުކަށި ހުރެއެވެ. މި މަހުގެ ބުރަކަށިމަތީގައްޔާއި ނިގޫފަތުގައި ހުންނަނީ ރީނދޫކުލައެވެ. މަހުގެ އަރިމައްޗާއި ބޮލުގައި ހުންނަނީ ދަނބުކުލައެވެ. އަނގައިން ފެށިގެން ލޯ ހުރަސްކޮށް އޮރެންޖު ކުލައިގެ ރޮނގެއް ހުރެއެވެ. މި ބާވަތުގެ މަހަކީ […]