ފިއުލް ފާމް އާއި ފިއުލް ހައިޑްރަންޓް ސިސްޓަމަކީ ވީ.އައި.އޭ އަށް އިންގިލާބީ ބަދަލުތަކެއް ގެންނާނެ ތަރައްޤީއެއް
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ވީ.އައި.އޭ އަކީ ދިވެހިރާއްޖޭގެ ތަރައްގީގެ އެންމެ މުހިންމު ބައިވެރިޔާ ކަމަށާއި އެމް.އޭ.ސީ.އެލް އަކީ ދިވެހިރާއްޖޭގެ އިޤްތިސާދު ކުރިއެރުމުގެ އެންމެ ބޮޑު އެއް ހިއްސާދާރު ކަމަށް އެމްއޭސީއެލްގެ މެނޭޖިންގ ޑައިރެކްޓަރ އިބްރާހީމް ޝަރީފު މުހައްމަދު ވަނީ ވިދާޅުވެފައެވެ. އެއަރޕޯޓްގެ ތަރައްގީއަށް ގިނަގުނަ މަސައްކަތްތަކެއް މިސަރުކާރުން ދަނީ ކުރަމުންނެވެ. މިގޮތުން އެއަރޕޯޓްގެ އޮޕަރޭޝަންސްއަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެސް މުވައްޒަފުންގެ ހުނަރު އިތުރު ކުރުމަށް ތަމްރީން ޕްރޮގްރާމްތައް ހިންގާ ގިނަގުނަ މަސައްކަތްތަކެއް އައު މެނޭޖްމަންޓުން ދަނީ […]
މާލީ އެހީ ނުލިބުމުގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތަކުގެ އުންމީދުތަކަށް ހުރަސްއެޅޭ- ރައީސް
ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ ތަފާތު ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަކީ އާދަޔާ ޚިލާފު ހިތްވަރެއް ލިބިފައިވާ ޤައުމެއްކަމުގައި ފާހަގަކުރެއްވިއެވެ. ރައީސް މިގޮތަށް ވިދާޅުވީ އެކުވެރި ދައުލަތްތަކުގެ ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖު (ޔޫ.އެން.އެފް.ސީ.ސީ.ސީ)ގެ ކޮންފަރެންސް އޮފް ޕާޓީސްގެ 29 ވަނަ ސެޝަން (ކޮޕް29)ގެ ޕްލެނަރީގައި ރާއްޖޭގެ ޤައުމީ ބަޔާން އިއްވަވަމުންނެވެ. އެކަށީގެންވާ މާލީ އެހީ ނުލިބުމުގެ ސަބަބުން ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ އުންމީދުތަކަށް ހުރަސްއެޅޭކަން ފާހަގަކުރައްވައި، […]
ފޮޓޯ: "ޝޭޑްސް އޮފް މައިންޑް" ކުރެހުމުގެ މައުރަޒު
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވަނީ "ޝޭޑްސް އޮފް މައިންޑް" ކުރެހުމުގެ މަޢުރަޒު އިފްތިތާޙުކޮށްދެއްވައިފައެވެ. މަޢުރަޒު ހުޅުއްވައިދެއްވުމުގެ ގޮތުން، މަޢުރަޒުގައި ބަހައްޓާފައިވާ ފޮޓޯތައް ހިމެނޭ ކެޓަލޮގެއް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަތްޕުޅަށް އަރުވާފައިވެއެވެ. މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން އިންތިޒާމުކުރި މި މަޢުރަޒަކީ، ފަންނުވެރިކަމުގެ ތެރެއިން ނަފްސާނީ ހޭލުންތެރިކަން އިތުރުކޮށް، ނަފްސާނީ ދުޅަހެޔޮކަމުގެ މުހިންމުކަމާމެދު ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ބާއްވާ މަޢުރަޒެކެވެ. މި މަހުގެ 12 އިން 17 އަށް […]