އޭޝިއާގެ އެންމެ 'އިންސްޕަޔަރިން އެގްޒެކެޓިވްސް '2024 އެވޯޑު ސްޓެލްކޯގެ އެމްޑީ ފަހުމީ އަށް

އޭޝިއާ ކޯޕަރޭޓް އެކްސެލެންސް އެންޑް ސަސްޓެއިނަބިލިޓީ އެވޯޑްސް އިން ހޮވާ އަހަރުގެ އެންމެ އިންސްޕަޔަރިން އިސްވެރިންގެ އެވޯޑު ރާއްޖޭގެ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ އަށް ވަނީ ލިބިވަޑައިގެންފައެވެ. ސްޓެލްކޯގެ އެމްޑީއަށް މި އެވޯޑް ލިބިވަޑައިގެންފައިވަނީ ސްޓެލްކޯ ކުރިއަރުވާ އެކުންފުނީގެ ލަނޑުދަނޑިތައް ހާސިލްކޮށްދެއްވުމުގައި އަދާކުރައްވާ ހަރުދަނާ ދައުރާއި އަދިވެސް އެހެނިހެން ކަންކަމަށް ބެލުމަށްފަހުއެވެ. ފަހުމީ ސްޓެލްކޯ އާއި ގުޅިވަޑައިގެންނެވީ 1998 ވަނަ އަހަރު އެކައުންޓްސް އެސިސްޓެންޓް ޓްރޭނީއެއްގެ […]
ޤަވާއިދަށް ތަބާވުމަކީ ލާޒިމުކަމެއް، 500 ޑޮލަރު ޖެހޭނީ މާރުކުރަން- ރައީސް

ބޭރުފައިސާގެ ޤަވާއިދަށް ގެނައި ބައެއް ބަދަލުތަކަށް ބައެއް ރިސޯޓުތަކުން އަމަލު ނުކުރާނެކަމަށް ފާޅުގައި ބުނެފައިވާއިރު، ސަރުކާރަށް 1 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޚާއްސަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ ޤަވާއިދުގައިވާ ގޮތަށް 500 ޑޮލަރު މާރުކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ. " އަޅުގަނޑުމެން ތިބޭނީ ރައްޔިތުންގެ ފަޅީގައި. މިކަމުގައި އަޅުގަނޑުމެން ނެތިން މި ޤަވާއިދު ބަދަލުކުރާކަށް. ނުކުރާނަން ބަދަލެއް. ވަރަށް ސާފުކޮށް މިދެންނެވީ ޤަވާއިދެއް ބަދަލެއް ނުކުރާނަމޭ. 500 ޑޮލަރު މާރުކުރައްވަން ޖެހިވަޑައިގަންނަވާނޭ. ޤަވާއިދަށް […]