ފިރިހެނުންގެ ދުވަސް ފާހަގަ ކުރަނީ ކީއްވެ؟

ބައިނަލްއަގްވާމީ ފިރިހެނުންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ނޮވެމްބަރ 19 އެވެ. މިއަހަރު ފިރިހެނުންގެ ދުވަހުގެ ތީމަކީ "މެންސް ހެލްތް ޗެމްޕިއަންސް" އެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު ބޭނުންތަކުގެ ތެރޭގައި ފިރިހެނުންނާއި ފިރިހެން ކުދިންގެ ސިއްހަތު ރަނގަޅުކުރުމާއި، ފިރިހެނުންގެ ނަފްސާނީ ސިއްހަތާއި ބެހޭގޮތުން ފާޅުކަން ބޮޑު ގޮތެއްގައި ވާހަކަ ދެއްކުމާއި، އެހީތެރި އެއްބާރުލުންދޭ މާހައުލެއް ޕްރޮމޯޓްކުރުމަށް ބާރު އެޅުން ހިމެނެއެވެ. ބައިނަލްއަގްވާމީ ފިރިހެނުންގެ ދުވަސް އެންމެ ފުރަތަމަ ފާހަގަކުރަން ފެށީ 1992 ވަނަ […]
ކުދިންގެ މިޒާޖަށް އަވަސްއަވަހަށް ބަދަލު އަންނަނީ ކީއްވެ؟ ކޮބާ ހައްލަކީ؟

ސްކޫލަށް ކުދިން ދާންފަށާ ދުވަސްވަރަކީ ތަފާތު މިޒާޖުގެ ކުދިންނާއި ދިމާވެ އާއިލާއާއި ދުރުގައި ވަގުތުތަކެއް ހޭދަކުރަންޖެހި ކުދިންގެ މިޒާޖަށް ބަދަލުތަކެއް އަންނަ ދުވަސްވަރެކެވެ. މިފަދަ ދުވަސްވަރެއްގައި ކުދިންނަށް އެއަންނަ ބަދަލު ދެނެގަނެ އެހީތެރިވުމަކީ ވަރަށް މުހިންމު ކަމެކެވެ. ބައެއް ފަހަރަށް ކުދިންނަށް ކުރިމަތިވާ ޕްރެޝަރުތަކެއްގެ ސަބަބުންވެސް މިޒާޖަށް ބަދަލު އާދެއެވެ. މިގޮތުން ގިނައަދަދެއްގެ ފިލާވަޅު އެއްފަހަރާ ދަސްކުރަންޖެހި ނުވަތަ އެކީގައި އުޅޭ ކުލާސްކުދިން އަމަލުކުރާ ގޮތުން ދެރަވެ އެކަމުގެ ރުޅިވެރިކަން ގެއަށް އައިސް ފެނުމަކީ އެކަށީގެންވާކަމެކެވެ. މިޒާޖު […]