ޤިޔާމަތް ދުވަހަށް ބިރުވެތިވޭ، އެދުވަހު އެއްބަޔަކު ތިބޭނީ އަނގައާއި ހަމައަށް ގެނބިފަ- ހުކުރު ޚުޠުބާ

އާޚިރަތް ދުވަހަކީ ދުނިޔަވީ ހަޔާތް ނިމޭ ދުވަހެވެ. މި ދުވަސް އަންނާނެ ވަގުތެއް ﷲ ސުބުހާނަހޫ ވަތަޢާލާ ފިޔަވައި އެއްވެސް ފަރާތަކަށް އެނގިގެން ނުވެއެވެ. އެދުވަހު އުޑުތަކާއި ބިންގަނޑު ފަޅައިގެންގޮސް އިރުގެ އަލި ނެތިގެންދާނެތެވެ. އަދި އެއްވެސް ތަރުޖަމާނަކާ ނުލައި ﷲ ސުބުހާނަހޫ ވަތަޢާލާ ކޮންމެ މީހަކާމެ ބަސް ވަޙީކުރައްވާނެތެވެ. އެއީ ފަންސާސް ހާސް އަހަރާއި އެއްވަރުގެ ދިގު ދުވަހެކެވެ. ދުނިޔަވީ ހަޔާތުގައިވާ އެންމެ ބޮޑު ހަގީގަތަކީ ތިބާ ލޯބިވާ އެންމެތަކުންނާއި އެއްކޮށްފައިވާހައި ތަކެއްޗެއް ދޫކޮށް މަރުވެގެން […]
އިސްރާއީލުގެ ލީޑަރުން ހައްޔަރުކުރުމަށް އައިސީސީން ނެރުނު އަމުރަށް ފަލަސްތީނުގެ ތައުރީފު!

ފަލަސްތީނުގެ އަރަބިންގެ ނަސްލު ނައްތާލުމަށް އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ސަރުކާރުން ހިންގާ ލާއިންސާނީ ޖަރީމާތަކާއި ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ކުރީގެ ޑިފެންސް މިނިސްޓަރ ހައްޔަރުކުރުމަށް ބައިނަލްއަގްވާމީ ކްރިމިނަލް ކޯޓު (އައިސީސީ) އިން ވަނީ އަމުރެއް ނެރެފައެވެ. އދ. އާއި ދުނިޔޭގެ ގިނަ ގައުމުތަކުން ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގެންފައިވާ ފަލަސްތީނުން ވަނީ އައިސީސީގެ މި އަމުރަށް ތައުރީފުކޮށް މަރުހަބާ ކިޔާފައެވެ. އައިސީސީ އިން ނެރެފައިވަނީ އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ އާއި ކުރީގެ ޑިފެންސް މިނިސްޓަރ […]
ޤައުމީ ތަރައްޤީގެ ތަސައްވުރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ އީޖާދީ އިޤްތިސާދެއް ބިނާކުރުމުގެ ސިޔާސަތު- ނައިބު ރައީސް

ރައީސުލްޖުމުހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުގެ ޤައުމީ ތަރައްޤީގެ ތަޞައްވުރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ އީޖާދީ އިޤުތިޞާދެއް ބިނާ ކުރުމުގެ ސިޔާސަތު ކަމުގައި ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވަނީ ވިދާޅުވެފައެވެ. ނައިބު ރައީސް މިގޮތަށް ވިދާޅުވީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި އަމިއްލަ ފަރުދުންގެ ވިޔަފާރިތަކުން ހޯދަމުންދާ ކާމިޔާބީތައް ޤައުމީ ފެންވަރުގައި ފާހަގަކޮށް، އެ ވިޔަފާރިތަކަށް ހިތްވަރު ދިނުމުގެގޮތުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ)ގެ ފަރާތުން އިންތިޒާމުކުރި "މޯލްޑިވްސް […]