ޝަހީނާ: ދިރިއުޅުމުގައި ދިމާވި އަޑިގުޑަންތަކުން ހިތްވަރާއެކު އަރައިގަނެ އެހެން މީހުންނަށް އެހީވުމުގައި

މިއީ ގިނަ ބައެއްގެ ދިރިއުޅުމުގައ ދިމާވާ ވަޅުގަނޑުތަކުން އަރައިގަތުމަށް އެހީވެދޭ ލައިފް ކޯޗެކެވެ. ދިރިއުޅުން މަތިން ފޫހިވެފައި ތިބި އެތައްބަޔަކަށް ﷲގެ ރަހްމަތްފުޅާއި އެކު އުންމީދު އާލާކޮށްދީ އަމިއްލަ ނަފްސަށް އިތުބާރުކޮށް ކަންކަމާއި ކުރިމަތިލާ ކުރި ހޯދަން އެހީވެދޭ ހައްވާ ޝަހީނާ މުހައްމަދު އެވެ. ގިނަ ބަޔަކު ދަންނަ ނަމުންނަމަ "ޑިއުޑްރޮޕް ޝަހީނާ" އެވެ. އެހެންމީހުންގެ ދިރިއުޅުމަށް ބަދަލެއް ގެނެސްދިނުމަށް ޝަހީނާ ހިތްވަރު ހޯދީ އަމިއްލަ ދިރިއުޅުމުގެ ހިތި ތަޖްރިބާތަކުންނެވެ. ޅަފުރާގައި މާލޭގައި ދިރިއުޅެމުންދަނިކޮށް ފުރަތަމަ ކައިވެނި […]
ފަތުރުވެރިކަމުގެ އެންމެ މަގްބޫލު މަންޒިލްގެ އެވޯޑް ޖެހިޖެހިގެން 5 ވަނަ އަހަރު ރާއްޖެ އަށް

ދިވެހިރާއްޖެއަކީ ފަތުރުވެރިކަމުގައި ނަމޫނާ މަންޒިލެކެވެ. ރާއްޖޭގެ ފަތުރުވެރިކަން އެހެން މާކެޓްތަކާއި ތަފާތުވާ އެންމެ ބޮޑު އެއް ސަބަބަކީ ރާއްޖޭގައި އޮންނަ ވަން އައިލެންޑް ވަން ރިސޯޓް ކޮންސެޕްޓެވެ. ހަމަހިމޭން މާހައުލެއްގައި ގުދުރަތީ އަޖައިބުން ފުރިގެންވާ ފަރުތަކާއި މޫދާއި ހުދުހުދު ހިމުން ދޮންވެލިން އަޖައިބެއްފަދަ ރީތިކަން ގެނެސްދޭ ގޮނޑުދޮށްތަކުން އުފާ ހޯދަށް ދުނިޔޭގެ އެތަންމިތަނުން މީހުން ރާއްޖެ އަންނަނީ އެތައް ބައިވަރު ފައިސާއެއް ހޭދަކުރުމަށްފަހުއެވެ. ރާއްޖެއަކީ ފަތުރުވެރިކަމުގެ އެންމެ މަގްބޫލު މަންޒިލަށްވާ ސަބަބަކީ މިއީ ކަމަށް ވެދާނެއެވެ. ދުނިޔެމަތީގެ […]