ދިވެހިރާއްޖޭގެ ފުރަތަމަ ބައިނަލްއަޤްވާމީ ޒަކާތު ކޮންފަރެންސް މިއަދު ފަށައިފި

ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ބައިނަލްއަޤްވާމީ ޒަކާތު ކޮންފަރެންސް މިއަދު ވަނީ ފަށައިފައެވެ. ޒަކާތު ހައުސްއިން އިންތިޒާމްކޮށްގެން ބާއްވާ މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްއެވެ. މި ރަސްމިއްޔާތުގައި ކޮންފަރެންސަށް ރާއްޖޭން ބޭރުން ވަޑައިގެންނެވި ބޭފުޅުންނާއި، ކަމާ ގުޅޭ އިދާރާތަކުގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޑރ. އަލީ ޒާހިރު ވިދާޅުވީ، މިއަދުގެ ސަރުކާރުން ޒަކާތުގެ ކަންކަމަށް ވަރަށް ޚާއްސަ […]