6 ކުދިންގެ މަންމައެއް، 3 ފަހަރު ޓިއުމަރު އުފެދި އެއްލޮލުގެ ފެނުން ގެއްލި އަނެއް ލޮލަށްވެސް ފެންނަނީ ކުޑަކޮށް!

ޅ. ހިންނަވަރަށް އުފަން އުމުރުން 43 އަހަރުގެ ސިމާނާ މުހައްމަދަކީ 6 ކުދިންގެ މަންމައެކެވެ. ފިރިމީހާއާއެކު ރަށުގައި ދިރިއުޅޭ ސިމާނާގެ ވައަތު ލޮލަށް އެންމެ ފުރަތަމަ ނުފެންނަން ފެށީ 2015 ވަނަ އަހަރުގައެވެ. ސިމާނާ ވަނީ އޭނާގެ ބަލިހާލަތު ވަރަށް ތަފްސީލްކޮށް 'ޒީޓައިމްސް' އާއި ހިއްސާކޮށްފައެވެ. " ކުޑަކުޑަކޮށް ފެނުން ދަމުންދަމުން ގޮއްސަ ވަރަށް ކުޑަކޮށް އެލޮލަށް ފެންނަނީ. ޑޮކްޓަރަށް ދެއްކިއިރު ލޮލުގެ މައްސަލައެއް ނެތް. ދެން ޑޮކްޓަރުގެ ލަފާގެ މަތިން ބޮލުގަ މައްސަލައެއް އުޅޭތޯ ބަލަން […]