ވީއައިއޭ އިން ސީ-ޓު-އެއަރ ކަރގޯ ޚިދުމަތުން 1000 ޓަނުގެ މުދާ އެކްސްޕޯޓްކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) އިން ފޯރުކޮށްދެމުންދާ ސީ-ޓު-އެއަރ ކަރގޯ ޓްރާންސްޝިޕްމަންޓް ޚިދުމަތުގެ ތެރެއިން އެއްހާސް ޓަނުގެ މުދާ ވަނީ އެކްސްޕޯޓްކޮށްފައެވެ. ސީ-ޓު-އެއަރ ކަރގޯ ޚިދުމަތަކީ އެމްޕީއެލް މެދުވެރިކޮށް ކަނޑުމަގުން ގެންނަ މުދާ ރައްކާތެރިކަމާއެކު އަވަހަށް ވައިގެ މަގުން ބޭނުންވާ މަންޒިލަށް ފޯރުކޮށްދިނުމަށް ދިވެހިރާއްޖޭގައި އެމް.އޭ.ސީ.އެލް އިން މިއަހަރު މެއިމަހު އަލަށް ފެށި ޚިދުމަތެކެވެ. މައިގނޑުގޮތެއްގައި އެކްސްޕޯޓްކޮށްފައިވަނީ ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑުމަގުން އެތެރެކުރާ ގަރމެންޓް ޝިޕްމަންޓްތަކެވެ. އައު އެއަރލައިންތަކުން މި ޚިދުމަތާއި ގުޅުމަކީ ވީ.އައި.އޭގެ ކަރގޯގެ ޚިދުމަތް […]