ދެކުދިންނާއި މާމަ ބަލަމުން ބަލިއެނދުގައި އޮތް ފިރިމީހާއަށް ލޯތްބާއި އަޅާލުން ދިނުމުގައި ނަމޫނާއެއް!

މިއީ 'މަމްސް އެއިޑް' ގައި ގެނެސްދީފައިވާ 'ސަހާ' (އަސްލުނަމެއް ނޫން)ގެ ވާހަކައެވެ. 18 އަހަރުން ދަށުގެ ކުޑަދެކުދިން ގޮވައިގެން ސަހާ މިއަދު އެދައްކަނީ ނަމޫނާއެކެވެ. ސަހާ އަކީ ކުޑައިރުއްސުރެ ނިކަމެތި ހާލުގައި ދިރިއުޅުނު މީހެކެވެ. ސަހާ އާއި އޭނާގެ އެއްބަފާ ދެކުދިންގެ ޒިންމާ ނެގީ މާމައެވެ. ގޭގެ ކުނިކަހައި، ކައްކައިދީ އެއްޗެހި ދޮވެދިނުން ފަދަ ކަންކަން ކުރަމުން އެ މާމަ ދިޔައީ ވެވުނު ވަރަކުން މި 3 ކުދިންގެ ބޭނުންތައް ފުއްދައިދެމުންނެވެ. ސަހާ އަކީ އަތުގެ ނާރުތަކުގެ […]