ރަށްރަށަށް ވެވަޑައިގެންނެވި ވައުދުތަކުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް 2 އަހަރު ހިނގާނެ - ރައީސް
2025 ވަނަ އަހަރާއި 2026 ވަނަ އަހަރު ވެގެންދާނީ، ރިޔާސީ އިންތިޚާބުގައި ރަށްރަށަށް ވަޑައިގެން ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދެވުމުގެ ޢަމަލީ މަސައްކަތް ހިނގާނޭ ދެ އަހަރަށް ކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. ރައީސް މިހެން ވިދާޅުވީ، އަރިއަތޮޅު އުތުރުބުރިއާ މާލެ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، އއ ތޮއްޑޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. " 2025 އަދި 2026 ވެގެންދާނީ އަޅުގަނޑު ރަށްރަށަށް ގޮސް ރިޔާސީ އިންތިޚާބުގައި ވެފަހުރި ވައުދުތައް […]