ވީޑިއޯ: ފުވައްމުަލައް ސިޓީގެ ކެޑޭރެ މިސްކިތް

ކެޑޭރެ މިސްކިތަކީ ފުވައްމުލައްސިޓީގެ ވަރަށް އާސާރީ މިސްކިތެކެވެ. މިމިސްކިތަކީ 1550މ. ވަނަ އަހަރު ފުވައްމުލައް ދެވަނަ ފަހަރަށް ފަޅުވުމަށްފަހު 1555މ. ވަނަ އަހަރު އާބާދުވިއިރު ބިނާކުރެވުނު މިސްކިތެއް ކަމުގައި ބުނެއުޅެއެވެ. ފުވައްމުލައް އަލުން އާބާދުކުރެއްވުމަށް ލ.އަތޮޅުން ވަޑައިގަތް ބޭފުޅުންގެތެރޭޭގައި ހިމެނޭ ޢަލީ އަޑަފިކަލޭގެފާނު ބިނާކުރެއްވި މިމިސްކިތަކީ އާނުކަނޑައިގެން ނުވަތަ ވެލިގަލުން ބިނާކޮށްފައިވާ މިސްކިތެކެވެ. މިމިސްކިތުުގެ ކައިރީގައި ހުރި ވެވުގެ އެތެރެއަށް ފަސްއެޅުމަށްފަހު ވަނީ އެތެރޭގައި ފެންވަޅެއް ބަހައްޓާފައެވެ. ކެޑޭރެ މިސްކިތުގެ ޤަބުރުސްތާނުގައި 40 ޙާފިޒުން ފަސްދާނުލެވިފައިވާކަމަށް ބުނެވެއެވެ. […]