ފޮޓޯ އިން މައުލޫމާތު: އެސްޓީއޯ ގުރޫޕުގެ ކުންފުންޏެއްގެ ފުރަތަމަ އަންހެން އެމްޑީއަކަށް އާޝާން

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގްރޫޕްގެ ދަށުން ހިންގަމުން އަންނަ ފިއުލް ސަޕްލައި މޯލްޑިވްސްގެ މެނޭޖިންގ ޑައިރެކްޓަރަކަށް ފާތިމަތު އާޝާން މިއަދު ވަނީ ހަމަޖައްސައިފައެވެ. މިއީ އެސްޓީއޯ ގްރޫޕުގެ ކުންފުންޏެއްގެ އެންމެ އިސްވެރިއަކަށް އަންހެންބޭފުޅަކު އައްޔަން ކުރެއްވި ފުރަތަމަ ފަހަރެވެ. މި މަގާމާއި ހަވާލުވުމުގެ ގޮތުން ޚާއްސަ ރަސްމިއްޔާތެއް އެސްޓީއޯގައި މިއަދު ބޭއްވިއިރު މި ރަސްމިއްޔާތުގައި އެސްޓީއޯގެ މެނޭޖިންގ ޑައިރެކްޓަރ ޝިމާދު އިބްރާހީމް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ހާލުގެ ދުލުން އެދެމުން ދިޔައީ ޤައުމުގެ ދަރިން، ވޭޕްގެ ވަބާއިން ސަލާމަތް ކޮށްދިނުމަށް- ރައީސުލްޖޫމްހޫރިއްޔާ

ބަވަނަވަމުންދާ އަދުގެ ދުނިޔޭގައި ތަފާތު އެތައް ކަމަކާ ކުރިމަތިލާންޖެހޭ ކަމަށާއި، ނަމަވެސް ޢަޒުމެއް ކަނޑައަޅައިގެން މަސައްކަތްކޮށްފިނަމަ އެކަމަކުން ސަލާމަތްވެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. ރާއްޖޭގެ އެއްވެސް ހިސާބެއްގައި ވޭޕްގެ ވިޔަފާރި ކުރުމާއި ބޭނުން ކުރުމަކީ ޤާނޫނީ ގޮތުން މަނާ ކަމެއްގެ ގޮތުގައި ތަންފީޒު ކުރަން މިއަދުން ފެށިގެން ފެށުމީ އެފަދަ މިސާލެއް ކަމުގައި ވެސް ވިދާޅުވިއެވެ. ރައީސް މިފަދައިން ވިދާޅުވީ އަރިއަތޮޅު ދެކުނުބުރީގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ […]